ސްރީލަންކާގައި ރޭވިފައިވާ ގޮތަށް ހުރިހާ ކަމެއް ކުރިއަށްދާނަމަ، ރަޝިޔާގެ ފަންނީ އެހީތެރިކަމާއެކު، 2032 ވަނަ އަހަރު ނިމޭއިރު، އެގައުމުގެ ފުރަތަމަ ނިއުކްލިއާ އިންޖީނުގެ އަޅައި ނިންމާލެވޭނެ ކަމަށް ސްރީލަންކާގެ އެޓޮމިކް އެނާޖީ ބޯޑުން ބުނެއެވެ.

އެކަން ހާމަކޮށްފައި ވަނީ ސްރީލަންކާގެ އެޓޮމިކް އެނާޖީ ބޯޑުގެ މިހާރުގެ ހާލަތާއި ކުރިއަށް އޮތްތަނުގައި ހިންގާ ހަރަކާތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށ ޕާލަމެންޓްގައި އޮތް ބައްދަލުވުމުގައެވެ.

އޭގެ އިތުރުން އެޖަލްސާގައި ސްރީލަންކާގައި ވޮކޭޝަނަލް ޓްރެއިނިނގއާ ބެހޭ ގޮތުން ވާހަކަ ދެކެވުނެވެ. އެ ގޮތުން ކޮރެއާ އާ އެހެން ސިނާއީ ގައުމުތަކުގައި ވެލްޑަރުން ވަރަށް ބޮޑު ޑިމާންޑެއް އޮތް ކަމަށް ފާހަގަކޮށް، އެ ދާއިރާއިން ސަރުކާރު ގަބޫލު ކުރާ ސެޓްފިކެޓް ލިބިފައިވާ ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް ރަސްމީ ނިޒާމެއް އެކުލަވާ ލުމަށް މަޝްވަރާ ކުރެވުނެވެ.

އަދި ވެލްޑިންގ އާއި އެއާ ގުޅުންހުރި ޓެކްނޮލޮޖީގެ ދާއިރާއިން ހުނަރުވެރި ޕްރޮފެޝަނަލުން އުފެއްދުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައި ވެއެވެ.