ސްރީލަންކާއިން ނިއުދިއްލީގައި ހުންނަ އިސްލާމީ ގައުމުތަކުގެ އެމްބަސީތަކާއެކު މަޝްވަރާތައް އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރު މިލިންޑާ މޮރަގޯޑާ ވަނީ ސިންގަޅަ ބަހުން ތަރުޖަމާކޮށްފައިވާ ކީރިތި ޤުރުއާނުގެ ކޮޕީއެއް ސައުދީ އަރަބިއްޔާއިން އިންޑިއާއަށް ކަނޑައަޅާފައިވާ ސަފީރު ޞާލިޙް ޢީދު އަލްޙުސައިނީއަށް އަރުވާފައެވެ.
މި ކީރިތި ޤުރުއާން ހަދިޔާ ކުރެއްވީ ނިއުދިއްލީގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގައި ސަފީރު އަލް ހުސެއިނީއާކު ހައިކޮމިޝަނަރު މޮރަގޯޑާ ބޭއްވެވި ބައްދަލު ކުރތެއްވުމުގައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ހައިކޮމިޝަނަރާއި ސައުދީ ސަފީރާ އިންޑިއާގެ މަސްއޫލުވެރިންގެ ބައިވެރިވުމާއެކު ސްރީލަންކާއަށް އިގްތިސާދީ އެއްބާރުލުން ދިނުމުގެ ފުރުސަތުތަކާ ބެހޭ ގޮތުން ޚިޔާލު ބަދަލުކޮށްފައިވެއެވެ.
ސައުދީ ސަފީރަށް ހަދިޔާކުރެއްވި ކީރިތި ޤުރުއާނުގެ ސިންގަޅަ ތަރުޖަމާއަކީ ސްރީލަންކާގެ އޯލް ސިލޯން ޖަމިއްޔާތުލް އުލާމާ (އޭސީޖީޔޫ) އިން ޝާއިއުކޮށްފައިވާ ތަރުޖަމާއެކެވެ.
މީގެ ކުރިން ހައިކޮމިޝަނަރު މޮރަގޯޑާ ވަނީ ދިއްލީގެ މައި ޖާމިއާ މަސްޖިދާއި ޖަމިއަތު އުލާމާ އޭ ހިންދު ގެ އިތުރުން މޮރޮކޯ އާއި ބަހްރެއިންގެ ސަފީރުންނާއި ނައިޖީރިއާގެ ހައި ކޮމިޝަނަރަށް ސިންގަޅަ ޤުރުއާނުގެ ކޮޕީތައް ހަދިޔާ ކުރައްވާފައެވެ.
ޚަބަރު ކިޔާ ނިމުނުއިރުވެސް ވާއެއްނޫވާއެއް ނޭގުނު