ޚަބަރުހަށި ވިއްކުމުގެ ތުހުމަތަށް 13 މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫނާތަކާ ގުޅިގެން، ހިންގި އޮޕަރޭޝަނެއްގައި، ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މިއީ ފުޅާ ދާއިރާއެއްގައި ރާވައިގެން ހިންގާ ހިއުމަން ޓްރެފިކިންގް ނެޓްވޯކަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެންޓި ހިއުމަން ޓްރެފިކިންގް ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ފުލުހުން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް އަށް ފިރިހެނަކާއި ބަންގްލަދޭޝް އަންހެނަކާއި ތައިލެންޑް ހަތަރު އަންހެނެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.