‘މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް’ އާއި ގުޅޭ ވޯރކްޝޮޕެއް ލ. ގަމުގައި ފަށައިފި

0

ވޯރލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހިންގާ ‘މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް’ އާއި ގުޅޭ 1 ދުވަހުގެ ސްޓޭކްހޯލްޑަރ ވޯރކްޝޮޕެއް ލ. ގަމުގައި ކުރިއަށް އެބަދެއެވެ. ލ. ގަމު ޙަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލުގައި ކުރިއަށްދާ މި ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ، އެކަމަށްޓަކައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަނެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ކުނިމެނޭޖްކުރުމުގެ މުހިއްމުކަމާއިބެހޭ ގޮތުން ބައިވެރިންނާއި މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވައި ކުނިމެނޭޖްކުުރުން ހަރުދަނާކޮށް ރާއްޖޭގެ ނާޒުކު ތިމާވެށި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި ކޮންމެ ފަރުދެއްގެ ފަރުދީ ޒިންމާ އަދާކުރެއްވުމަށް ބާރުއެޅުއްވިއެވެ.

މި ބައްދަލުވުމަކީ، 2017 އިން 2023 ގެ ނިޔަލަށް ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން ޒޯން 4 އަދި 5 އަށް އަމާޒުކޮށް، ސަރަޙައްދީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ ޓެކްނިކަލް އެންޑް ފައިނޭންޝަލް ފީސިބިލިޓީ ސްޓަޑީއާއި ގުޅިގެން ޕްރޮޖެކްޓު އަމާޒުކުރެވޭ ސަރަޙައްދުކަމަށްވާ ޒޯން 4 (މ،ފ،ދ) އަދި ޒޯން 5 (ތ،ލ) ގެ ހުރިހާ ރަށްތަކަށް އަމާޒުކޮށްގެން ބޭއްވޭ މަސައްކަތު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މި އަތޮޅުތަކުގެ އަތޮޅު ކައުންސިލްތަކާއި، ހުރިހާ ރަށުކައުންސިލްތަކާއި އަދި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި މި ސަރަހައްދުގެ ރިސޯޓުތައް ތަމްސީލު ކުރައްވާ ފަރާތްތައް ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި ކަމާއިގުޅުންހުރި ސަރުކާރުގެ ވުޒާރާތަކާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ އިތުރުން މަޝްރޫޢަށް އެހީދެެއްވާ ފަރާތްކަމަށްވާ ވާރލްޑް ބޭންކްގެ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here