ގަވާއިދާ ހިލާފަށް ދެމީހުންނަށްވުރެ އިތުރަށް މާލޭގެ މަަޖީދީ މަގުގައި އެއް ސައިކަލަކަށް ހަަތަރު މީހުން އަރައިގެން ދުއްވަނިކޮށް ފުލުހުން އެމީހުން ހުއްޓުވައިފިއެވެ.
މިއަދު ސޯޝަލް މީޑިއާގައި އެ 4 މީހުން އެއް ސައިކަލުގައި ދަތުރު ކުރަމުން ދިޔަ ވީޑިއޯ އާންމުވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ފާޑު ކިޔުންތައް އަމާޒު ކުރަމުންނެވެ.
މިއަދު އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި އެއް ސައިކަލެއްގައި ބޮޑު 2 މީހުންގެ އިތުރުން ކުޑަ 2 ކުދިން، ދުއްވަން އިން މީހާގެ ކުރީގައި ކުޑަކުއްޖަކު އަދި އޭނާއާއި ފަހަތުގައި އިން އަންހެންމީހާއާ ދެމެދުގައި ކުޑަކުއްޖަކު ތިބެގެން ދުއްވާފައިދާ ތަނެވެ. ކާރުބާރު ބޮޑު މަޖީދީ މަގުގައި ދުއްވާފައިދާ ތަން އެ ވީޑިއޯއިން ފެންނަނީ ބިދޭސީންތަކެއްކަން އެނގެއެވެ.
ފުލުސް އިދާރާއިން މިއަދު މެންދުރު ފަހު ބުނީ މާލެ ތެރޭގައި ދެ މީހުންނަށްވުރެ ގިނަ މީހުން އަރައިގެން ސައިކަލެއް ދުއްވަނިކޮށް ހުއްޓުވާފައިވާކަމަށެވެ. އަދި ބުނީ ރާއްޖޭގެ ގަވައިދުތަކާ ހިލާފަށް އެ ސައިކަލް ދުއްވީ ބިދޭސީއެއް ކަމަށާއި އެ މީހާއަށް ޓްރެފިކް ގަވައިދުގެ ދަށުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި އެމީހާ ޖޫރިމަނާ ކޮށްފައިވާ ކަމަށް ބުންޏެވެ. އެ މީހާ ޖުރިމަނާ ކުރި އަދަދެއް ނުބުނެ އެވެ. ރާއްޖޭގައި ދެ މީހުންނަށް ވުރެ ގިނަ މީހުން އަރައިގެން ސައިކަލް ދުއްވުމަކީ މަނާ ކަމެކެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.