އިންޑިއާގެ އާބާދީއިތުރުވެ އިގްތިސާދީ ހަރަކާތް ފުޅާވެގެން ދިއުމާ ގުޅިގެން އައިޓީގެ ބޭނުންތައް ވަނީ އިތުރު ވެފައެވެ. އެމެޒޮންއިން ވަނީ އިންޑިއާގެ މާކެޓްގައި އިތުރަށް ފައިތިލަ ސާބިތުކުރަށް ނިންމާފައެވެ.

އެމެޒޮން ކުންފުނިން ބުޏާ ގޮތުގައި 2030އާ ހަމައަށް އިންޑިއާގައި އެކުންފުނިން 12.9 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރާނެއެވެ. މި އިންވެސްޓްމެންޓަކީ، ކްލައުޑް ކޮމްޕިއުޓިންގއާއި އައިޓީ ސާވިސްތަކަށް އިންވެސްޓް ކުރާނެ ފައިސާއެވެ.

އެމެޒޮން އިން ބުނާ ގޮތުގައި އެކުންފުނިން ކުރާ އިންވެސްޓްމެންޓުން ކޮންމެ އަހަރަކު އިންޑިއާގައި 131،700 ވަޒީފާ އުފައްދާނެއެވެ.

އެމެޒޮންއިން ވަނީ 2016ން 2022ށް އިންޑިއާގައި 309 ބިލިއަން ރުޕީސް އިންވެސްޓް ކޮށްފައި ކަމަށް ނިއްކީ އޭޝިއާއިން ބުނެއެވެ.