ސައުދީ އަރަބިއްޔާގެ މައްކާ ސިޓީގެ ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ޕާކިސްތާނުގެ އަށް މީހަކު މަރުވެ, ހަ މީހަކަށް އަނިޔާވެފައިވާ ކަމަށް ޕާކިސްތާނު ޚާރިޖީ ވުޒާރާއިން ބުނެއެވެ.

މިއަދު ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީން ބުނީ މައްކާގެ ހޮޓަލެއްގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި، ހިތާމަވެރި ހާދިސާގެ ޝިކާރައަކަށް ވެފައިވާ މީހުންނާއި އެމީހުންގެ އާއިލާތަކަށް އެހީވުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ

ޕާކިސްތާނުގެ އުމުރާވެރިން މަރުވުމާ ގުޅިގެން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ހިތާމަ ފާޅު ކުރައްވާފައެވެ. ބޮޑުވަޒީރު ވަނީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް ތައުޒިޔާ އާއި ހަމްދަރުދީ ފާޅުކުރައްވާފައެވެ.

ރޭޑިއޯ ޕާކިސްތާނުން ބުނި ގޮތުގައި ޕީއެމް ޝެހްބާޒް ވަނީ ޒަހަމްވި މީހުންނަށް ވީހާވެސް ރަނގަޅު ސިއްހީ ވަސީލަތްތައް ފޯރުކޮށްދިނުމަށާއި މަރުވި މީހުންގެ އާއިލާތަކަށް ވެސް އެހީވުމަށް ދީނީ ކަންކަމާ ބެހޭ މިނިސްޓްރީއަށް އަންގަވާފަ އެވެ.