މަސްޖިދުލްއަގްސާގެ ކޮންޓްރޯލު އޮތީ އިޒްރޭލުގެ އަތުގައި ކަމަށް އިޒްރޭލުގެ ތާކިހާ ވަޒީރު ބުނެފިއެވެ. އޭނާ ވަނީ އިޒްރޭލުގެ ވަޒީރންނާއި މަސްއޫލުވެރިންނާއެކު މަސްޖިދުލްއަގްސާގެ ހަރިންމަ ތެރެއަށް ވަދެ ތަންތަން ބަލައި ހަދާފައެވެ.

މަސްޖިދުލްއަގްސާގެ ވަގުފާ ހަވާލުވެ ހުރި އުރުދުންއާއި ފަލަސްތީނުން ވަނީ ތާކިހާ ވަޒީރު ބެން ގްވިރްގެ މި ނޭއްގާނީ އަމަލު ކުށްވެރިކޮށްފައެވެ.

ތާކިހާ ވަޒީރު ބުނެފައި ވަނީ އޭނާއަށް މިނިވަންކަމާއެކު މަސްޖިދުލްއަގްސާގެ ހަރިންމައިގައި ހިނގާލުމުން ދޭހަކޮށް ދެނީ މަސްޖިދުލްއަގްސާ އިޒްރޭލިގެ ބާރުގެ ދަށުގައި އޮތްކަމަށާއި މަސްޖިދުލްއަގްސާގެ ބެލެނިވެރި ފަރާތަކީ އިޒްރޭލު ކަމަށެވެ.

މިއަހަރުގެ ޖެނަވަރީގައިވެސް އޭނާ މަސްޖިދުލްއަގްސާއަށް ވަނުމުން ހަމަނުޖެހުން ހިނގާފައި ވެއެވެ.