ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލައިފިއެވެ.

ފުލުހުން ބުނީ ގއ ދާންދޫ ޕޮލިސްސްޓޭޝަނަށް މައްސަލައެއްގައި ގެންދިޔަ މީހަކު ރޭ ފިލާފައިވާ ކަމަށެވެ.

މިއީ މަސްތުވާތަކެތީގެ މައްސަލައެއްގައި ރޭ ދާންދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ހުރި މީހެކެވެ. މީނާ ވަނީ 12:57 ހާއިރު ފިލާފައި ކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ފަހަކަށް އައިސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުން ފިލާ މައްސަލަަ އަންނަނީ ގިނަވަމުންނެެވެ.

މި މަހުގެ 06 ވަނަ ދުވަހު އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުގެ ގޮޅިއެއްގައި ބަންދުގައި ހުރި މީހަކު ފިލާފައި ވާއިރު އޭނާ ފެނުނީ ރަސްދޫ ކައިރީގައި އޮންނަ ރަށެއްގެ ފަޅުތެރެއިންނެވެ.