ގއ. ދާންދޫ ފުލުހުން، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުއްޓާ، ޕޮލިސްސްޓޭޝަނުން ފިލި މީހާ ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް އަނެއްކާވެސް ގެންގޮސްފިއެވެ.

ފުލުހުންގެ ހައްޔަރުން ފިލި މީހާއަކީ ދާންދޫ 49 އަހަރުގެ ހަސަން ސޯބިރު ނަމަކަށް ކިޔާ މީހެކެވެ، މީނާ ފެނުނީ އެ ރަށު އޮޑިހަރުގެއްގެ ތެރޭގައި ފިލައި އޮއްވައެވެ.

ރޭ ދަންވަރު ފުލުހުންގެ ހައްޔަރުގައި ދާންދޫ ޕޮލިސްސްޓޭޝަނުން 12:57 ހާއިރު، ފިލި މިމީހާ ހޯދުމުގެ މަސައްކަތް ރެއިން ފެށިގެން ފުލުހުން ދިޔައީ ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި މިއަދު މެންދުރު އޭނާ ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ދާންދޫ އުތުރު ފަރާތުގެ ހިއްކި ބިމުގައި ހުރި ހަރުގެއެއްގެ ތެރޭގައި ފިލައި އޮއްވަ އެވެ. އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

https://www.facebook.com/mohamed.asif.5477

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮލިސް ސްޓޭޝަނުން މީނާ ފިލީ ސްޓޭޝަން ކުޑަ ދޮރެއްގެ ބިއްލޫރިގަނޑެއް ނައްޓާލައިގެން ކަމަށްވެއެވެ.

މިމަހު ފަސްވަނަ ދުވަހު، އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުރި މީހަކު ވެސް ވަނީ ފިލާފައެވެ. ރަސްދޫ ޕޮލިސްސްޓޭޝަނުން ފިލިމީހާ ފިލީ ސްޓޭޝަނުގެ ފާރުމަތިން ފުންމާލައިގެންނެވެ. އޭނާ ފެނުނީ ފިލި ދުވަހުގެ ޖެހިގެން އައިދުވަހުގެ ރޭ އިރުއޮއްސި 6:35،40ހާއިރު ރަސްދޫ ކައިރީގައި އޮންނަ ރިސޯޓެއްގެ ފަޅު ތެރެއިންނެވެ.