ކުރީގެ ބައެއް ސަރުކާރުތަކުގައި އިސް މަގާމުތަކެއް ފުރުއްވި ޢައްބާސް ޢާދިލް ރިޟާ (45އ) ކޯޓަށް ހާޒިރުނުވުމުން އޭނާ ހޯދަން ފުލުހުން މިއަދު އިއުލާން ކޮށްފި އެވެ.

ޢައްބާސްގެ މައްޗަށް ތުހުމަތު ކުރީ އިންޑިއާގެ ހައި ކޮމިޝަންގައި ހުޅުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ޓްވީޓް ކުރުމާއި މާލޭގެ ބައެއް ތަންތަނުގައި ހުޅުޖަހަން ހިތްވަރު ދިން ކަމުގެ މައްސަލަ އެވެ. ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ވިދާޅުވިީ އޭނާ އެ ކޯޓަށް ހާޒިރު ނުވުމުން ޝަރީއަތް ފެށޭ ގޮތް ނުވި ކަމަށެވެ.

ޢައްބާސް ޢާދިލް ރިޟާ މައްޗަށް، ދައުލަތު ކުރަނީ ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ އެވެ.

އަދި އެނާ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުމަށްވެސް ފުލުހުން އެދިވަޑައިގަންފައިވެ އެވެ.

އައްބާސް ވަނީ ކަސްޓަމްގެ ކޮމިޝަނަރުކަމާއި މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމު ވެސް ކުރީގެ ސަރުކާރުތަކުގައި ކުރައްވައިފަ އެވެ.