މޫސުން ގޯސްވާނޭ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ފުވައްމުލައް ސިޓީއާއިި އައްޑޫ ސިޓީއަށެވެ.

އެ ސަރަހައްދަށް ހުދުސަމާލު ނެރެފައިވަނީ މިއަދު ހަވީރު 17:00 އިން މިރޭ 22:00 އާ ހަމައަށެވެ. އަދި މެޓުންވަނީ މި ހުދުސަމާލުގައި ބޯކޮށް ވާރޭ ވެހި ގުގުރާނޭކަމަށް ލަފާކުރައްވާފައެވެ.

މިދިޔަމަހާ މިމަހު ކުރީ ދުވަސްވަރަކީ ރާއްޖޭގެ އެކިކަންކޮޅުތަކަށް ވިއްސާރަ ކަނޑުގަދަ ދުވަސްވަރެކެވެ. އަދި ކަނޑު ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.