އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ އަބްދުﷲ ސައީދު މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ނިޕޯން ޕެއިންޓުގެ ސީނިއަރ އެޑްވައިޒަރ އަދި ނިޕޯންޓީމާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި އެސްޓީއޯ އާއި ނިޕޯންޕެއިންޓާ ދެމެދު ކުރެވުމުންދާ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
ނިޕޯން އަކީ ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދައިފައިވާ އިތުބާރު ކުރެވޭ ބްރޭންޑެކެވެ. މިބްރޭންޑުގެ ކުލަ ރާއްޖެއަށް އެތެރެކޮށް ވިއްކާ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއަކީ އެސްޓީއޯއެވެ.
ރާއްޖޭގެ ބާޒާރުގައި ތަފާތު އެކި ބްރޭންޑުތަކުގެ ކުލަ ހުރި ކަމުގައި ވިޔަސް ނިޕޯން ކުލައަކީ އޭގެ ކޮލިޓީއަށް އިތުބާރު ލިބިފައިވާ ދިވެހިންގެ ޔަގީންކަން ހޯދާފައިވާ ކުލައެކެވެ. އެހެން ކުލަތަކާ ތަފާތުކުރަނީ ދިގުމުއްދަތަކަށް ކުލަ ނުފޮޅި ނުވެއްޓި ހުރުމުގެ އިތުރަށް ކުލަ ގިނަ ކުރުމަށް އެހެނިހެން އެއްކުރުންތައް ނިޕޯންގައި ނެތުމަކީ ހާއްސަކޮށް ފާހަގަ ކުރެވޭ ކަމެކެވެ.
ނިޕޯންކުލައާ ބެހޭ ގޮތުން ގިނަ ފަރާތްތަކުން ބުނެފައި ވަނީ މިއީ އަވަހަށް މަސައްކަތް ނިންމާލުމަށް އެހީތެރިވެދޭ ބްރޭންޑެއްކަމަށެެވެ. އަދި މިބްރޭންޑުގެ ކުލައަކީ ވާރޭވެހި ނުވަތަ އަވިދީގެން އަވަހަށް ހަލާކުވެ ހަޑިވާ ގޮތް ނުހުންނަ ކުލައެއްކަމަށެވެ. އެހެނިހެން ކުލައިގެ ކޮލިޓީދަށްކަމަށް ކުލަލުމުގެ ތަޖުރިބާހުރި ފަރާތްތަކުން ބުނެފައިވެއެވެ.