މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު، ފ. ފިލިތެޔޮ ކައިރިން ކަނޑަށް ފައްތާފައި ހުއްޓާ ފެނުނީ 45 ކިލޯގެ ހެރޮއިން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރޭ މީޑިއާ އަށް ފުލުހުން ހާއްސަ ކޮށްފައިވާ ވަޓްސްއެޕް ގުރޫޕްގައި ހިއްސާކުރި މެސެޖެއްގައި ވިދާޅުވީ، އެ މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަން މިހާރު ނިންމާލާފައިވާ ކަމަށާއި ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ފެނުނީ ހެރޮއިން ކަމަށް ބެލެވޭ ކަމަށްވެސް މެސެޖުގައި ވިދާޅުވެފައިވެއެވެ.

މީގެެއިތުރުން މި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ފުލުހުންވަނީ ވިދާޅުވެއެވެ. އަދި އެ މައްސަލައިގައި އިތުރު މައުލޫމާތެއް އެފަރާތުން ދީފައެއްނުވެއެވެ.

މީގެ ކުރިން ވެސް ކަނޑަށް ފައްތާފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއިން ހޯދާފައިވެ އެވެ. އާންމު ގޮތެއްގައި މިގޮތަށް މަސްތުވާތަކެތި ރައްކާކުރަނީ، ބޭރުގެ ނެޓްވޯކްއަކާއި ރާއްޖޭގެ ބަޔަކާ ގުޅިގެން، ރާއްޖެއަށް ޑްރަގު ގެނައުމަށް ފަހު، އެހެން ގައުމުތަކަށް އެ ތަކެތި ފަހުން ގެންދިޔުމުގެ ބޭނުމުގައެވެ.