ނިއުޔޯކް ސިޓީ އަޑިއަށް ދަނީ ކަމަށް ބުނެފިއެވެ. އެ ސިޓީ އަޑިއަށް ދަނީ ސިޓީގެ އިމާރާތްތަކުގެ ބަރުދަނާއެކު ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
މަޑުމަޑުން ނިއުކޯކު ސިޓީ ގަނބައިގެން ދަނީ ދުނިޔޭގެ އެފަދަ އެހެން ތަންތާގައި ދިމާވާ ކަންތައްތަކަށް ވުރެން ދެގުނައަށް ބާރަށް ކަމަށްވެސް ބުނެއެވެ. މިއީ ކަނޑުގެ ލޮނުގަނޑު އުފުލިގެން ގެނބިގެންދާ މި ސިޓީއަށް ކުރިމަތިވާނެ އިތުރު އުދަގޫ ތަކެއް ކަމަށް ބެލެވެއެވެ.
ސައިންސްވެރިން ލަފާކުރާ ގޮތުގައި އިންސާނުންގެ ސަބަބުން ކުރިމަތިވާ މޫސުމީ ދަތިކަމުގެ ސަބަބުން ތޫފާން ގިނައިން ލައި ގަނެ، އަދި އިންތިހާއަށް ބޯކޮށް ވާރޭވެހޭ ހާދިސާތައް ހިނގާނެ އެވެ. އަދި އޭގެ ސަބަބުން ރަށްތައްވެސް ގަނބައިގެން ދާނެއެވެ.
އާރތްސް ފިއުޗާ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ވާހަކަތަކުގެ މަގުސަދަކީ އައްސޭރިފަށުގައި ނުވަތަ ބީޗަށް ވާގޮތަށް ހުންނަ ސަރަހައްދުތަކުގެ އުސް އިމާރާތްތަކުގައި ކުރިއަށް އޮތްތަނުގައި ކުރިމަތިވާނެ ނުރައްކާތައް ދައްކާލުމެކެވެ.
(ހުޅުމާލެ ފޭސް 2އާ މެދު ވިސްނާލާށެވެ!)
ނިއުޔޯކު ސިޓީ އަޑިއަށް ދިއުމުގެ ނުރައްކާތައް ހިސާބު ކޮށް ނިއުޔޯކުގެ ފަސް އަވަށުގައި ހުރި 1،084،954 އިމާރާތުގެ ބަރުދަން ހިސާބުކުރިއިރު، ގާތްގަނޑަކަށް 762 ބިލިއަން ކިލޯ ގެ ބަރުދަން އެތަންތާނގައި ހުރިކަމަށް ލަފާކޮށްފައި ވެއެވެ. އަދި އެއީ އެތާގެ ބިނގަނޑަށް އުފުލޭނެ ވަރުގެ ބުރައެއް ތޯއާ މެދުވެސް ސުއާލު ކޮށްފައި ވެއެވެ.
މިއީ 1.9 މިލިއަން ބޮއިންގް 747-400 ގެ މަތިންދާބޯޓުތައް ބަރާކޮށްފައި ހުންނާނެ ވަރުގެ ބަރުދަނެކެވެ!
މިކަމަށް ކޮށްފައިވާ ތަހުލީލުން ހާމަވި ގޮތުގައި ނިއުޔޯކު ސިޓީ އަޑިއަށް ދާ ރޭޓް އުޅެނީ އެވްރެޖްކޮށް އަހަރަކު ގާތްގަނޑަކަށް 1 އާއި 2 މިލިމީޓަރާއި ދެމެދުގެ މިންވަރެއް ގައެވެ. ބައެއް ސަރަހައްދުތަކުގައި އަހަރަކު ގާތްގަނޑަކަށް 41⁄2 މިލިމީޓަރަށް ވުރެން ބޮޑުކޮށް ބިންގަނޑު ގަނބައިގެން ދެއެވެ.
ސެޕްޓެމްބަރު 2022 ގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އެންމެ އާބާދީ ބޮޑު އައްސޭރިފަށުގެ ސިޓީތަކުގެ ތެރެއިން 44 ސިޓީގައި ކަނޑުގެ ލޮނުގަނޑު މައްޗަށް ދިއުމާއެކު އެތަންތަން ބާރަށް އަޑިއަށްދާނެއެވެ.