ރިޔާޟް:- ޖައްވީ ސްޓޭޝަނުގައި މިވަގުތު ތިބި ސައުދީގެ 2 އެސްޓްނޯޓުން ކަމަށްވާ ރަޔާނާ ބަރްނާވީ އާއި އަލީ އަލް ގަރްނީ ސައުދީގެ ދަރިވަރުންގެ ގްރޫޕަކާ މުއާމަލާތްކޮށް ޖައްވުގައި ދިރިއުޅުމުގެ ގަބޫލުނުކުރެވޭފަދަ ތަޖުރިބާތައް ހިއްސާކޮށްފި އެވެ.

އެސްޓްރޮނޯޓުން ދަރިވަރުންނާ ގުޅީ ރިޔާޒުގެ ގްރައުންޑް ސްޓޭޝަނެއް މެދުވެރިކޮށް ހޯމަ ދުވަހު އެ ދަރިވަރުން ތިބި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގެ ރޭޑިއޯ އޭމެޗަރ ފްރީކުއެންސީތައް ބޭނުންކޮށްގެންނެވެ.

ޖައްވުގައި އުޅޭ ގޮތާއި އައިއެސްއެސްގައި އުޅޭ ދުވަހުގެ ދިރިއުޅުމާ ގުޅޭ ގޮތުން ޝައުގުވެރިވާ ދަރިވަރުންގެ ތަފާތު ސުވާލުތަކަށް ބަރްނާވީ އާއި އަލް ގަރްނީ ޖަވާބު ދެއްވި އެވެ.

މި ރޭޑިއޯ ކޮންޓެކްޓް ކުރެވުނީ ސައުދީ ސްޕޭސް ކޮމިޝަނާ ކޯޑިނޭޓްކޮށް، މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ކޮމިއުނިކޭޝަންސް، ސްޕޭސް އެންޑް ޓެކްނޮލޮޖީ ކޮމިޝަނާ ގުޅިގެން، އަދި ސައުދީ އޭމެޗަރ ރޭޑިއޯ ސޮސައިޓީއާ ގުޅިގެންނެވެ.

މި މުއާމަލާތުގެ މަގުސަދަކީ ދަރިވަރުން ސައިންސްގެ ޢިލްމުގައި ބައިވެރިކުރުމަށާއި ޖައްވާއި ކުރިއަށް އޮތް ޓެކްނޮލޮޖީތަކާ މެދު ޝައުގުވެރިކަން އުފެއްދުމެވެ.

ރަޔާނާ ބަރްނާވީ އާއި އަލީ އަލް ގަރްނީ ތާރީހުން ޖާގަ ހޯދާފައި ވަނީ އޯބިޓިން އައުޓްޕޯސްޓަށް ޒިޔާރަތްކުރި ފުރަތަމަ ސައުދީ ރައްޔިތުން ގޮތުގައެވެ. ބަރްނާވީއަށް ވަނީ ޖައްވުގައި އަދި ޖައްވީ ސްޓޭޝަންގައި އުޅުނު ފުރަތަމަ ސައުދީ އަދި އަރަބި އަންހެނާގެ ޝަރަފް ލިބިފައެވެ.