މިދިޔަ ރަމަޟާން މަހަށް ޚާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ހަދިޔާ ފޮށި ޕްރޮމޯޝަންގެ އެންމެ އަގު ހުރި އިނާމު، ހޮންޑާ ސްކޫޕީ ސައިކަލު ގެ ނަސީބުވެރި ފަރާތާ މިއަދު ސައިކަލް ހަވާލު ކޮށްފިއެވެ.
ސައިކަލް ހަވާލު ކޮށްދީފައިވަނީ އުރީދޫ މޯލްޑިވްސް ގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ޚާލިދު އަލް ހަމާދީއެވެ. މި ހަފްލާ ބާއްވާފައިވަނީ ބްރިޖް ވިއުވިންގް ޕެލެޓްފޯމްގައި މިއަދު އެވެ.
މި ހަފްލާ ފަށާފައިވަނީ ހަބޭސް ބޮޑުބެރުގެ ހަރަކާތްތަކުންނެވެ. މި ހަފްލާގައި އިނާމު ހަވާލުކުރުމުގެ އިތުރުން ހަދިޔާ ފޮށީގެ ތީމާ އެއްގޮތަށް ސްޕިން ދަ ވީލް ގޭމެއްގައި ބައިވެރިވެގެން އިތުރު ހަދިޔާތައް ހޯދުމުގެ ފުރުސަތުވެސް އެސަރަހައްދުގައި ތިބި ފަރާތްތަކަށްލިބިގެންދިޔައެވެ.
"މި ނިމި ދިޔަ ބަރަކާތްތެރި ރަމަޟާން މަހު އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެދުވަހަކުވެސް ކޮންމެވެސް ހަދިޔާ އެއް ދެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. ހަދިޔާ ފޮށިން އަގުހުރި އިނާމުތައް ލިބިވަޑައިގެންނެވި ނަސީބުވެރި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. މިދެވުނު ހަދިޔާތަކަކީ ކަސްޓަމަރުންނަށް ކަމުދިޔަ ހަދިޔާތަކެއް ކަމަށް އެއްމީދުކުރަން. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މަޖާ އަދި އަގުހުރި ޕްރޮމޯޝަންތަކާއި އެކު ކަސްޓަމަރުންނަށް ފައިދާ ހުރި އެތައް ޚިދުމަތެއް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
"ހަދިޔާ ފޮށި" ގޭމަކީ އުރީދޫ އެޕްމެދުވެރިކޮށް އެއް މަސް ދުވަހުގެ މުއްދަތަށް ރަމަޟާން މަހު ކުރިއަށް ގެންދިޔަ ގެމިފައިޑް ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ރަމަޟާން މަހު ކޮންމެ ދުވަހަކު ވެސް އަގުހުރި ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ. މި ޕްރޮމޯޝަންގައި 1 ޓީބީއާ ހަމައަށް ހިލޭ ޑޭޓާ، ސްކޫޕީ ސައިކަލު، އައިޕޯން، ސޯފާ، ސްމާޓް ޓީވީ، ލެޕްޓޮޕް، ހޯމްޕޮޑް މިނީ، ބަދިގެއަށް ބޭނުންވާ ސާމާނު ފަދަ އަގުހުރި ހަދިޔާތައް ހިމެނެއެވެ. ދުވާލަކު އެއްފަހަރު ކުޅެވޭ މި ހާދިޔާ ފޮށި ގޭމުން ކޮންމެ ދުވަހަކުވެސް ކޮންމެ ކަސްޓަމަރަކަށްވެސް ހަދިޔާ ކޮންމެވެސް ހަދިޔާ އެއް ލިބޭ އިރު، އުރީދޫ ގެ ކަސްޓަމަރުންގެ ތެރެއިން %75 އަށް ވުރެ ގިނަ ކަސްޓަމަރުން ވަނީ މި ގޭމުގައި މުޅި ރަމަޟާން މަހުގެ ތެރޭގައި ބައިވެރިވެފައެވެ.
ހަދިޔާ ފޮށި ކުޅެގެން އަގުހުރި އިނާމުތައް ހޯދި ފަރާތްތަކާ އިނާމުތައް ރަމަޟާން މަހުގެ ތެރޭގައިވެސް ހަވާލުކުރެވެމުން ދިޔައިރު، ޢީދަށް ފަހު އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައި ވަނީ ހަވާލުނުވެ ހުރި ކަސްޓަމަރުންނާ އެ ހަދިޔާތައް ހަވާލު ކުރެވިފައެވެ.
ފެންވަރު ރަނގަޅު ޚިދުމަތްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތަކާއި ޚިދުމަތްތައް މެދުނުކެނޑި ތަޢާރަފްކޮށް ކަސްޓަމަރުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސް އިން އަރުވައެވެ.