ވޮޝިންޓަން ޑީސީ (މޭ 26) - ޔޫކްރޭންގައި ރަޝިޔާއަށް އަސްކަރީ ކާމިޔާބެއް ނުލިބޭނެ ކަމަށް އެމެރިކާ އަސްކަރިއްޔާގެ އެންމެ އިސް އޮފިސަރު ޖޮންއިންޓް ޖީޗް އޮފް ސްޓާފް ޖެނެރަލް މާކް މިލީ އިއްޔެ ވިދާޅުވެއްޖެއެވެ.
“ކިއެވް (ޔޫކްރައިނުގެ ވެރިރަށް) އިން ރަޝިޔާގެ ހުރިހާ ސިފައިން ކައިރި މުސްތަގުބަލެއްގައި ބޭލުމުގެ ފުރުސަތު ކުޑަ. އެކަމަކު މި ހަނގުރާމައަކީ، އަސްކަރީ ގޮތުން، ރަޝިޔާއަށް ކާމިޔާބު ލިބޭނެ ހަނގުރާމައެއް ނޫން" ޔޫކްރައިނަށް ތާއިދު ކުރާ 10 ވަރަކަށް ގައުމާއެކު ބޭއްވެވި ވާޗުއަލް ބައްދަލުވުމަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖެނެރަލް މިލީ ވިދާޅުވިއެވެ.
ހަމައެއާއެކު ޖެނެރަލް މިލީ ވިދާޅުވީ ޔޫކްރޭނުގައި އެތައްލައްކަ ރަޝިޔާ ސިފައިން ތިބި ކަމަށާއި، ކިއެވްގެ ހުރިހާ ސަރަހައްދެއް އަލުން ރަޝިޔާއިން ހިފުން ގާތް ކަމަށެވެ.
ރަޝިޔާ އާއި ޔޫކްރައިން އިންވެގެން އޮތްއިރު ރަޝިޔާއާ ކުރިމަތިލުމަށް ޔޫކްރައިނަށް އެންމެ ބޮޑަށް ވާގިވެރިވަމުން އަންނަނީ އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރައިނަށް އަރައިގަތުމުން ޔޫކްރައިނަށް ތާއީދު ކުރުމަށް އަވަހަށް ކޯލިޝަނެއް އުފައްދައި، ދިހަވަރަކަށް ގައުމަކުން އެހީ ކޯޑިނޭޓްކޮށް ކުރިިއަށް ގެންދަނީ އެމެރިކާއިންނެވެ.
ޖުމްލަކޮށް ބަލާއިރު ޔޫކްރޭންގެ ސަޕޯޓަރުން ވަނީ ގާތްގަނޑަކަށް 65 ބިލިއަން ޑޮލަރުގެ ސަލާމަތީ އެހީތެރިކަން އެގައުމަށް ފޯރުކޮށްދީފައި ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވެއެވެ.
ވައިޓް ހައުސްއިން މިދިޔަ ހަފްތާގައި ޖަޕާނުގައި ނިމުނު ޖީ-7 ސަމިޓުގައި އެމެރިކާއިން ވަނީ ޔޫކްރޭނަށް އެފް-16 ހިމެނޭ ގޮތަށް ކުރިއަރާފައިވާ ހަނގުރާމަ މަތިންދާބޯޓުތައް ފޯރުކޮށްދިނުމުގެ ހުއްދަ ވިލާތުގެ ގައުމުތަކަށް ދީފައެވެ. އެމެރިކާގެ ގާނޫނު ބުނާ ގޮތުން އެމެރިކާއިން އެހެން ގައުމަކަށް ވިއްކާފައިވާ ހަތިޔާރެއް، އެހެން ގައުމަކަށް ވިއްކޭނީ ނުވަތަ ދެވޭނީ އެމެރިކާގެ ރުހުން ހޯދައިގެންނެވެ.