އެމެރިކާގެ އެންމެ މުސްކުޅި ރައީސް ބައިޑެންގެ ވެރިކަމުގައި ޒަޔަނިސްޓް ޔަހޫދީން އެމެރިކާ ސަރުކާރުގެ ކޮންޓްރޯޅު ނަގައިފިއެވެ. އޭގެ އިތުރުން އައު ދައުރަކަށް ހޮވުމަށް މަސައްކަތް ކުރާ ބައިޑެން ވަނީ އޭނާއަށް ތާއީދު ލިބޭ ގޮތަށް ފަލަސްތީނު މީހުންގެ ހައްގުތައް ހިންދާލައި އިޒްރޭލާ ދެކޮޅަށް ފާޑު ކިޔހުމުގެ ހުރިހައި ރޫހެއް ފޮހެލުމަށް ސިޔާސަތެއް އެކުލަވާލާފައެވެ.
ވައިޓްހައުސްއިން އެކުލަވާލައި ބައިޑެން އިއުލާން ކޮށްފައިވާ 60 ސަފްހާގެ ސިޔާސަތުގައި ވަނީ އިޒްރޭލާ ދެކޮޅަށް ފާޑު ކިޔާ މީސްމީޑިއާ ތައް ބަންދުކުރުމަށާއި ކުޅިވަރުގެ މައިދާނުގައިއާއި ކުޅިވަރުގެ ތަރިން އިޒްރޭލަށް ފާޑު ކިޔާނަމަ އެމީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމާފައެވެ.
އޭގެ އިތުރުން އިޒްރޭލުގެ ޒަޔަނިސްޓް އަމަލުތައް ފާޑު ކިޔާ ފޮތްތައް މަނާ ކުރުމާއި އެމެރިކާގެ ރަށްފުށުގެ މިއުޒިއަމްތަކުގައިވެސް އިޒްރޭލަށް ފާޑު ކިޔާފަދަ ތަކެތި ހުރިނަމަ އެތަކެތި ނެގުމަށާއި އަދި ރަށް ފުށުގެ މިއުޒިއަމްތަކަށް ޒިޔާރަތް ކުރާ މީހުންނަށް އިޒްރޭލާއި ޔަހޫދީންނާ ބެހޭ މޮޅުވާހަކަ ކިޔައިދީ ދުނިޔެ ބެލެކްމެއިލް ކުރުމަށް ޔަހޫދީން ދައްކާ ވާހަކަތައް އެތަންތަނަށްދާ ޒާއިރީންގެ ބޮލަށް ވައްދައި ސިކުނޑި ދޮވެލުން ހިމެނެއެވެ.
މި ސިޔާސަތަށް ކިޔާފައި ވަނީ ޔަހޫދީންނާ ދެކޮޅަށް ހިންގާ ކެމްޕޭންތައް ހުއްޓުވާ ސިޔާސަތު ކަމަށެވެ. އަދި އެ ސިޔާސަތު ތަންފީޒު ކުރުމަށް އެމެރިކާ ސަރުކާރުން ވަނީ 380 މިލިއަން ޑޮލަރު ކަނޑައަޅާފައެވެ.
މިއީ ފަލަސްތީނު އާބާދީ ނައްތާލުމަށް މަސައްކަތް ކުތާ ޒަޔަނިސްޓް ޔަހޫދީންގެ ތާއީދުގައި މިފަހަކަށް އައިސް އެމެރިކާއިން އަޅާ އެންމެ ވަރުގަދަ ފިޔަވަޅެވެ.
މި ފިޔަވަޅާއެކު ފަލަސްތީނު މީހުންނާއި ފަލަސްތީނަށް ސަޕޯޓް ކުޜާ މީހުން އެމެރިކާގެ ގާނޫނުގެ ދަތްގަނޑު ދަށުގައި ތާށިވާނެ ކަމަށް ބެލެވެއެވެ.
މި ވެރިކަމުގައި އެމެރިކާ ނެތިދާނެ