ބޭނުންވާތަކެތި:

ހަނޑޫ ކެރެޓް

ބަޓަރ ކެބެޖް

ކުކުޅު މަސް ބީންސް

އޮލިވްއޮއިލް

ތައްޔާރުކުރާނެ ގޮތް:

އާދައިގެ ހަނޑޫ ނުވަތަ ބާސްމަތީރައިސް އިން ބަތް ކައްކާށެވެ. ބަތް ކެކެން ކައިރިވުމުން ބަޓަރ އަޅާށެވެ. ތަވާއަށް އޮލިވްއޮއިލް އެޅުމަށްފަހު އުނދުންމައްޗަށް އުދާށެވެ. ކެރެޓް، ކެބެޖް، ބީންސް، އަދި ކުކުޅުމަސް ކުދިކޮށް ކޮށުމަށްފަހު ތަވާއަށް އަޅާށެވެ. ކުކުޅުމަސް ރޯފިލަންދެން އަދި ތަރުކާރީ މަޑުވަންދެން މަޑުގިނީގައި ކައްކާށެވެ. އެއަށްފަހު ބަތް އަޅާ އިރުކޮޅަކު ކެއްކުމަށްފަހު އުނދުންމަތިން ބާލާށެވެ. މިގޮތަށް ކައްކާ ހިމުންކުރުމަށްފަހު ކުޑަދަރިފުޅަށް ކާންދެވިދާނެއެވެ.