ސެޕްޓެމްބަރު މަހުގައި ބާއްވާން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އޮބްޒާވްކުރަން އިލެކްޝަން ކޮމިޝަނުން 15 ގައުމަކަށް ދައުވަތު ދީފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އޮބްޒާވްކުރަން 15 ގައުމަކަށް ދައުވަތު ދީފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އޮބްޒާވްކުރަން ފޮނުވާފައިވާ 15 ގައުމެއް ހިމެނޭއިރު، އޭގެ ތެރެއިން ފަސް ގައުމަކީ

  • ޖޯޖިއާގެ (ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ޖޯޖިއާ)
  • ފިލިޕީންސްގެ (އިލެކްޝަން ކޮމިޝަން އޮފް ފިލިޕީންސް)
  • އިންޑޮނޭޝިއާގެ (ޖެނެރަލް އިލެކްޝަން ކޮމިޝަންް އޮފް އިންޑޮނޭޝިއާ)
  • ތައިލެންޑްގެ (އިލެކްޝަން ކޮމިޝަން އޮފް ތައިލެންޑް)
  • ސައުތު ކޮރިއާގެ (ނޭޝަނަލް އިލެކްޝަން ކޮމިޝަން އޮފް ދި ރިޕަބްލިކް އޮފް ކޮރެއާ)

މީގެ އިތުރުން އަނެއް 10 ގައުމަކީ

  1. ސައުތު އެފްރިކާގެ (އިލެކްޝަންް ކޮމިޝަން އޮފް ސައުތު އެފްރިކާ)،
  2. ކިރްގިސްތާންގެ (ސެންޓްރަލް ކޮމިޝަން އޮފް އިލެކްޝަން އެންޑް ރިފެރެންޑާ އޮފް ކިރްގީޒް ރިޕަބްލިކް)،
  3. ހަންޑްރަސްގެ (ކޮންސީޖޯ ނޭޝަނަލް އިލެކްޓޯރަލް)
  4. (ސީއެންއީ)،ސްރީ ލަންކާގެ (އިލެކްޝަން ކޮމިޝަން އޮފް ސްރީ ލަންކާ)،
  5. ބޮސްނިއާ އެންޑް ހާޒެގޯވިނާގެ (ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ބޮސްނިއާ އެންޑް ހާޒެގޯވިނާ)،
  6. އޮސްޓްރޭލިއާގެ އޮސްޓްރޭލިއަން އިލެކްްޓޯރަލް ކޮމިޝަން،
  7. ޖޯޑަންގެ (އިންޑިޕެންޑެންޓު އިލެކްޝަން ކޮމިޝަން)
  8. ކެނެޑާގެ (ކެނެޑާ އިލެކްޝަންސް)،
  9. ޖަޕާންގެ (ސެކްރެޓްރިއޭޓް ޓު އިލެކްޝަން އެޑްމިނިސްޓްރޭޝަން ކޮމިޝަން އޮފް ޖަޕާން
  10. ނޭޕާލްގެ (އިލެކްޝަން ކޮމިޝަން އޮފް ނޭޕާލް) ހިމެނެއެވެ.

އީސީއިންވަނީ މިއަހަރުގައި 280،000 ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ ކަމަށް ހާމަ ކޮށްފައެވެ.