ގައުމީ އެއާލައިން (މޯލްޑިވިއަން) ގެ މަތިންދާ ބޯޓެއް ކުއްލި ގޮތަކަށް ވެލާނާ އެއާޕޯޓަށް ޖައްސައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން އިންޑިއާގެ ކޮޗިންއަށް ދަތުރު ކުރަމުން ދިޔަ ބޯޓު ކުއްލި ހާލަތުގައި ޖެއްސީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޮޗިން އަށް ދަތުރު ކުރި މޯލްޑިވިއަންގެ ބޯޓު 8QIAN އިމަޖެންސީގައި ވެލާނާ އެއާޕޯޓަށް ޖެއްސީ ނައްޓާލައިގެ މާ ގިނައިރެއް ނުވަނީސް ކަމަށެވެ.

އަދި އެ އެއާބަސްގެ އެ މަތިންދާ ބޯޓު ޖެއްސީ މިއަދު 3:30 ގައިކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ވިދާޅުވީ ކުއްލި ހާލަތުގައި މި ބޯޓު ޖެއްސީ ކުޑަ ކުއްޖަކަށް ސިއްހީ މައްސަލައެއް ދިމާވެގެން ކަމަށެވެ. އެ ބޯޓުން އެކުއްޖާގެ އާއިލާގެ ހަތަރު މީހުން ބޭލުމަށްފަހު އަލުން ބޯޓު ފުރާފައިވަނީ 4:30ގައި ކަމަށް މޯލްޑިއަންގެ އޮފިޝަލު ވިދާޅުވިއެވެ.