ފ. އަތޮޅުގެ ރައްޔިތުން ތަރައްޤީއަށް އިތުރަށް ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމުގައި ސަރުކާރުު ދެމި އޮންނާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ފއެމަނިކުފާނު މިގެން ވިދާޅުވީ ފ. އަތޮޅު ފަސް ރަށަކަށް ރައީސް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި މާލެ ވަޑައިގެން ކުރެއްވި ޓުވީޓެއްގައެވެ. "ފ. އަތޮޅުގެ ރައްޔިތުން ތަރައްޤީއަށް އިތުރަށް ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމުގައި މި ސަރުކާރުން ދެމިތިބޭނަން" ރައީސް ވިދާޅުވިއެވެ. މި ޓުވީޓުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ "ފ. އަތޮޅުގެ ރައްޔިތުން ސަރުކާރާ މެދު ފާޅުކުރެއްވި އިޙްލާޞްތެރި ޝުޢޫރުތަކަށާއި ދެންނެވި ހޫނު މަރުޙަބާއާއި ދެއްވި މެހެމާންދާރީއަށް ފަށްފަށުން ޝުކުރު ދަންނަވަން،" ކަމަށެވެ.

ފ. އަތޮޅުގެ ފަސް ރަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރުގެ ވަގުތެއްގައި ރައީސް ސލިހު ވަނީ އެނބުރި މާލެ ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގެ ބައެއް ރަށްރަށުގައި ސަރުކާރުން ކުރިއަަށް ގެންގޮސްފައިވާ ތަރަައްގީގެ ބައެއް މަޝްރޫއުތައް ރައީސް ވަނީ އިފްތިތާހު ކޮށްދެއްވައިފައެވެ.