އައިޑީ ކާޑު ދޫކުރާ އަދަދު އާއި ވަގުތު މަދުވެގެން ޝަކުވާކުރާލެއް ގިނަވުމުގެ ސަބަބުން އެކަމަށް ހައްލެއް ގެނައުމަށްފަހު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ގަވައިދު އިއުލާން ކޮށްފިއެވެ.

އިއްޔެ ޑީއެންއާރްއިން ކުރި އިއުލާނުގައިވާ ގޮތުން، އަައިޑީ ކާޑު ދޫކުރުމުގެ ވަގުތު އިތުރު ކުރުމުގެ ގޮތުން މިއަދުން ފެށިގެން އައިޑިކާޑުގެ ޓޯކަން ނަންބަރު އާއި ވަގުތު އިތުރު ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ބުނީ މިއަދުން ފެށިގެން ޓޯކަން ނަންބަރު ދެން ދޫކުރާނީ ހެނދުނު 8:00 އިން ފެށިގެން ކަމަށެވެ. ކުރިން ނަންބަރު ދޫކުރަން ފަށަނީ 10:00 ގެ ފަހުންނެވެ. ގިނަފަހަރަށް 10:30 ވުމުގެ ކުރިން ނަންބަރު ހުސްވެއެވެ. މިކަމަށްވެސް ޝަކުވާ އަންނަމުން ދާތީ ޑީއެންއާރް އިން ވަނީ ޓޯކަން ނަންބަރުވެސް އިތުރު ކޮށްފައެވެ.

ނަމަވެސް އައިޑިކާޑު ލިބެން ގިނަ ދުވަސް ނަގާނެ ކަމަށްވެސް ބުނެފައި ވެއެވެ. އެގޮތުން ކުރިން ހަފްތާއެއްގެ ތެރޭގައި ލިބެމުން ދިޔަ އައިޑީކާޑު ދެން ލިބޭނީ މަހެއްހާ ދުވަސް ތެރޭގައެވެ. އަދި މިހާރު އަމިއްލައަށް ޕޯޓަލްގައި ފުރާފައި ހުންނަ ފޯމުތަކަށް ހިދުމަތް ދޭން ލަސްތަކެއް ނުވާނެ ކަމަށް ޑީއެންއާރްއިން ބުންޏެވެ.