ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އެންގި އެންގުމާ ދެކޮޅަށް ދައުލަތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ސްޕްރީމް ކޯޓުން ނިންމެވީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ބަލަންޖެހޭ ގާނޫނީ ސަބަބެއް ދައުލަތަށް ބުނެދެވިފައި ނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށްބުނެއެވެ.

ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކުރިކަމަށް ބުނެ 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް އޭގެ ތެރެއިން 87 ވެހިކަލުގެ ރެޖިސްޓްރީ ބާތިލުކުރުން މަޑު ޖައްސާލުމަށް ސިވިލްކޯޓުން ވަގުތީ އަމުރެއް ވަނީ ނެރެފައެވެ.