ނިއު ޖާޒީގެ ސެޓަން ހޯލް ޔުނިވާސިޓީގައި ބޭއްވި ގްރެޖުއޭޝަން ހަފްލާގައި ދަރިވަރެއްގެ ސާވިސް ޑޯގަކަށް އޮނަރަރީ ޑިޕްލޮމާއެއް ހަދިޔާކޮށްފައިވެ އެވެ:

އެ ޔުނިވާސިޓީން ޓްވީޓް ކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ގްރޭސް މަރިއާނީ އާއި އޭނާގެ ސާވިސް ޑޮގް ޖަސްޓިން އަށް ޑިޕްލޮމާ ހަދިޔާ ކުރަނީ ސެޓަން ހޯލްގެ ޖޯސެފް އީ ނައިރެ އެވެ.

މަރިޔަނީ ތައުލީމީ ދާއިރާއިން ބެޗްލަރސް އޮފް ސައިންސް ޑިގްރީ ހާސިލްކުރިއިރު، ޖަސްޓިންއަށް ވަނީ އޭނާގެ ވެރިމީހާގެ ހުރިހާ ކްލާހެއްގައި ބައިވެރިވުމުން ޝަރަފުވެރި ޑިޕްލޮމާއެއް ދީފައެވެ.

މަރިޔަނީ ބުނީ އެލިމެންޓަރީ އަދި ސްޕެޝަލް އެޑިއުކޭޝަން ކިޔަވައިދިނުމަށް ރާވާފައިވާ ކަމަށާއި، ޖަސްޓިން އޭނާގެ ކެރިއަރުގައި ވެސް އޭނާގެ ކައިރީގައި ހުންނާނެ ކަމަށެވެ.