ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 72 އިންސައްތަ މިހާރު ވަނީ ފުރިހަމަ ކުރެވިފައިވާކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

އަދި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށާއި އަދި، ބޭރު ތޮށީގެ ޕްރޮފައިލިން މަސައްކަތް މިހާރު ވަނީ 17 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން:

  • 32,721 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުން
  • 3,817 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުން
  • 232 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށިލުން
  • 395 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ތޮށި ލުން

މީގެ އިތުރުން، 202 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 1,933 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމާއި އަދި ނެރު ބައްރި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ސަރުކާރުގެ މި މަޝްރޫޢަކީ 34.28 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.