ތާޖު އެގްޒޯޓިކާ ރިސޯޓުގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބުނީ މިރޭ 20:30 ހާއިރު އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އެ ރިސޯޓުގެ އިންޖީނު ގޭގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމަށް ފަޔާ އެންޑް ރެސްކިއުގެ ފަޔާމަނުން ދިޔައިރު، އެ ރިސޯޓްގެ ފަޔާ ޓީމުން އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ އެ ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ ރިޕޯޓު އަދި ލިބިފައި ނުވާ ކަމަށާއި ސިފައިން އެ ރިސޯޓްގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.