މައްޗަންގޮޅީ ގެއެއްގައި ރޯވެ އަނދަމުންދާތީވެ، މުޅި އެހިސާބުގެ މަގުތަކަށް ވަނީ ދުމުގެ އަސަރު ފޯރާފައެވެ. ރޯވެފައި ވަނީ އެގޭގެ ފަސްވަނަ ފަންގިފިލާފައި ކަމަށްވެއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ހިނގާފައިވާ އަލިފާނުގެ މިހާދިސާ ހިނގަން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

މައްޗަންގޮޅީ ޒިކުރާ މިސްކިތް ކައިރީ ހުރި ގެއެއްގައި ރޯވެ އަނދަމުންދާ ކަމަށް މައުލޫމާތު ލިބިގެން އޮޅުން ފިލުވުމުން އެނގިފައިވަނީ ރޯވެފައި ވަނީ މއ.ޓިއުލިޕް ކިޔާ ގެއެއްގެ ފަސްވަނަ ފަންގިފިލާގައިކަމެވެ.

އަލިފާންރޯވި މއ.ޓިއުލިޕް....ފޮޓޯ:ޝެރިން/ހަލިނޫސް
އަލިފާންރޯވި މއ.ޓިއުލިޕް....ފޮޓޯ:ޝެރިން/ހަލިނޫސް
އަލިފާން ނިއްވުމަށް ފުލުހުންގެ ފަޔރއެންޑްރެސްކިއު އިން މއ ޓިއުލިޕްކައިރީ....ފޮޓޯ:ޝެރިން/ހަލިނޫސް

އެހިސާބުގައި ހަރަކާތްތެރިވަމުންދާ "ހަލި"ނޫހުގެ ޖާނަލިސްޓް މައުލޫމާތު ދިން ގޮތުުގައި ފަޔަރއެންޑްރެސްކިއުއިން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު ނިވާލެވިފައެވެ.

އަލިފާންރޯވި މއ.ޓިއުލިޕްގެ، އަލިފާންގަނޑު ނިއްވާލާފައި ...ފޮޓޯ:ޝެރިން/ހަލިނޫސް

އަދިވެސް އެގެއާއި އެހިސާބުގައި ފުލުހުންނާއި އެމްއެންޑީއެފްގެ ފަރާތުން ދަނީ ހަރަކާތްތެެރިވަމުންނެވެ.

މިހާދިސާގައި އެއްވެސްމީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.