އއ. އުކުޅަސް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢޫގެ ދަށުން، އެއްގަމު ތޮށި ލުމާއި ހާބަރ ޕޭވްމެންޓް ހެދުމުގެ މަސައްކަތް ވަނީ ފުރިހަމަކުރެވިފައި ކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ. އަދި ބަނދަރު ފުންކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ 97 އިންސައްތަ ފުރިހަމަކުރެވެއްޖެ ކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ދަށުން:

  • 4,954 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުން
  • 5 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 484 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 264 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުން
  • ކަނެކްޓިވިޓީ ބްރިޖެއް ހެދުން
  • ކޮންކްރީޓް ޖެޓީއެއް ހެދުން
  • އޭޕްރަންއެއް ހެދުން
  • ، 1,640 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން
  • އަދި ނެރުބައްތި އާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 40.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.