ހއ. ފިއްލަދޫ މަގު ހެދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ.

ޕްލޭނިންގ މިނިސްޓްރީގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކެވެ.

މި މަޝްރޫއުގެ ދަށުން ފިއްލަދޫ، 1.1 ކިލޯމީޓަރުގެ މަގު ހެދުމާއި، މަގު ބައްތި ޖެހުން ހިމެނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 29.8 މިލިއަން ރުފިޔާއަށް 240 ދުވަސް ތެރޭ ނިންމާ ގޮތަށެވެ