އެސްޓްރޮފިޒިސްޓުންގެ ބަނަލްއަގުވާމީ ޓީމަކުން މިލްކީވޭ ގެލެކްސީގެ އެތަކެއް ސިއްރު ބިނާތަކެއް ހޯދައިފިއެެވެ.

މިދިޔަ ހުކުރު ދުވަހު އެސްޓްރޮފިޒިކަލް ޖާނަލްގައި ޝާއިރުކޮށްފައިވާ ލިޔުމުގައި ވަނީ މީގެ އެންމެ ޑައިމެންޝަނަލް ކޮސްމިކް ތްރެޑްތަކަކީ އެތަކެއް ސަތޭކަ ހޮރިޒޯންޓަލް ނުވަތަ ރޭޑިއަލް ފިލަމެންޓެއްކަމަށެވެ.

މީގެ ފިލަމެންޓަކަކީ ވަރަށް ކުރު އެއްޗެކެވެ.މިހޯދުންތައް ފެނިފައިވަނީ ފަރުހާރު ޔޫސުފް ޒާދާ އާއި އެހެނިހެން ސައިންސްވެރިން ގެލެކްސީގެ މަރުކަޒު ކައިރިން ވާޓިކަލް އާއި އެކަމާ ބެހޭ އެހެނިހެން މައުލޫމަތު ހޯދިތާ 40 އަހަރު ފަހުންނެވެ.

2022 ވަނަ އަހަރުވެސް މި ޓީމުން ވަނީ އެތައް ސަތޭކަ ޕިލަމެންޓްތަކަކާއި ކްލަސްޓާޑް ވާޓިކަލް ފިލަމެންޓުތަކެއްގެ ހޯދައި އެއާ ބެހޭ މައުލޫމާތު އެއްކޮށްފައެވެ. މއިީ ހައްތަހާވެސް ކުރިން ހޯދައިފައިވާ ހޯދުންތަކަށް ބާރުދޭ ކަންކަންކަމެވެ.

ނޯތުވެސްޓަން ޔުނިވާސިޓީގެ ވެއިންބާގް ކޮލެޖް އޮޮފް އާޓްސް އެންޑް ސައިސަސްގެ ފިޒިކްސް އެންޑް އެސްޓްރޮނޮމީގެ ޕޮރެސަރު ޔޫސުފް ޒާޑޭ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ "ކަޅުވަޅުގެ ދިމާލަށް އިޝާރަތްކުރާހެން ހީވާ ސްޓްރަކްޗާތަކުގެ އާ އާބަދީ" ހޯދުމަކީ ހައިރާންކަމެއް ކަމަށެވެ.