ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފައްޓަވައިދެއްވައިފިއެވެ. ދެކުނު އިގުތިސާދީ މައި ދޮރާށި ތަރައްގީ ކުރުމުގެ މިމަޝްރޫއު ރައީސް ސާލިހު ފަށްޓަވައި ދެއްވީ، މިއަދު ހަވީރު އެ އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އަ އްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.5 ޕަސިންޖަރުންނަށް ހިދުމަތްދެވޭ ވަރުގެ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އެގޮތުން އެއާޕޯޓު ތަރައްގީ ކުރެވެނީ އެއާޕޯޓް ޓާމިނަލަކާއި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖު ވަސީލަތްތަކާއި ކޯލްޑް ސްޓޯރޭޖަކާއި ކާގޯ ވަސީލަތްތަކާއި މުޅިން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނަކާއި އެއާޕޯޓްގެ މަގުތަކާއި ޕާކިން ސަރަހައްދެއް ހިމެނޭ ގޮތަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ޕްރީ ކޮލިފައި ކުރި ހަތް ކުންފުނީގެ ތެރެއިން މި މަޝްރޫއު ހަވާލު ކޮށްފައިވަނީ އިންޑިއާގެ ރެނާޓަސްއާ އެވެ.
1970 ވަނަ އަހަރު އުފެދުނު، އިންޑިއާގެ ޗެންނާއީއަށް ނިސްބަތްވާ ރެނާޓަސް ކުންފުންޏަކީ ރާއްޖޭގައި ބައެއް ހައުސިން މަޝްރޫއުތައް ހިންގާފައިވާ ކުންފުންޏެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ލޯނު ފައިސާގެ ދަށުންނެވެ.