ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ށ.އަތޮޅުން ފެށިގެން ތ .އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

އެގޮތުން މޫސުމާ ބެހޭ އިދާރާއިން، މި ހުދު ސަމާލު ނެރެފައިވަނީ މިރޭ 20:00 ފެށިގެން ދަންވަރު 2:00 ހަމައަށެވެ.

އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް އެ އިދާރާއިން ލަފާކުރައްވާފައިވެއެވެ.

ރާއްޖޭ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ހުދުސަމާލު ނެރެފައެވެ.

އަދި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށާއި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރި ކަމުގެ ފިޔަވަޅުއެޅުމަށްވެސް މެޓުންވަނީ އިލްތިމާސް ކުރައްވާފައެވެ.