އައްޑޫ ސިޓީ މީދޫ ދާއިރާގެ ޕީޕީއެމްގެ އެންމެ އިސް ހިންގުންތެރިޔާ މުހައްމަދު އިބްރާހީމް ދީދީ އެމްޑީޕީއާއި ގުޅިވަޑައިގެންފި ކަމަށް އެމްޑީޕީއިން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އިބްރާހީމް ދީދީ އެމްޑީޕީއަށް ސޮއި ކުރެއްވުމަށްފަހު ފޯމު ހަވާލު ކުރެއްވީ އެޕާޓީގެގެ އެންމެ އިސް ލިޑަރު ރައީސް ޞާލިހާއެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެ އިތުރުން އައްޑޫސިޓީ މަރަދޫ ދާއިރާގައި މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި ކައުންސިލަރ އަޙްމަދު ނާދިރު ވެސް ވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.

ރައީސް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ މީދޫއަށް ވަޑައިގެން ރައްޔިތުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގައި މީދޫ ރައްޔިތުންގެ ހުރި ކަންބޮޑުވުމާއި، އެދޭކަންކަން ރައީސާއި ވަނީ ހިއްސާ ކުރައްވާފައެވެ.

އަދި އައްޑޫއަށް ލިބެމުންދާ ތަރައްޤީ ފާހަގަކޮށް އުފާ ފާޅުކުރުމުގެ ގޮތުން އައްޑު ސިޓީ ކައުންސިލުންވަނީ ރޭ ހަވާއަރުވާފައެވެ.