އޭޝިއާގެ ގިނަ ގައުމުތަކުން ނޭޓޯއިން އެޖަމިއްޔާގެ ސަރަހައްދު އޭޝިޔާއަށް ފުޅާކުރުމާ ދެކޮޅު ހަދާ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވޭންގ ވެންބިން ވިދާޅުވެއްޖެއެވެ.

އިންޑޮނޭޝިއާ، ސިންގަޕޫރާއި އެހެނިހެން ބައެއް ގައުމުތަކުގެ މަންދޫބުންނާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ވެންބިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާ ފިނި ހަނގުރާމައެއް ފެންނަން ބޭނުން ނުވާ ކަމަށާއި ޗައިނާ ނުވަތަ އެމެރިކާ ޚިޔާރު ކުރަން އެއްވެސް ގައުމަކަށް މަޖުބޫރު ކުރަންވެސް ބޭނުން ނުވާ ކަމަށެވެ.

"ގިނަ ގައުމުތަކުގެ އިން ކަނޑައެޅިފައި އޮތީ. އެގައުމަކަށް އެގައުމެއްގެ އިން ސާފުކޮށް ފެންނަން އޮތީ. އޭޝިޔާގެ ގިނަ ގައުމުތަކުގެ ތާއީދެއް ނެތް ގައުމުތަކުގައި އަސްކަރީ ބާރުތައް ތިބޭކަށް" ނޭޓޯއަށް އިންޒާރު ދެއްވަމުން ވެންބިން ވިދާޅުވިއެވެ.

ވެންވިން އިތުރަށް ވިދާޅުވީ އޭޝިއާއަށް ނޭޓޯ ފުޅާކުރުމަށް މަރުހަބާ ނުކިޔާނެ ކަމަށާއި، އެތަން ބަލަން ޗައިނާއިން ނޯންނާނެ ކަމަށެވެ. އޭޝިޔާގެ ދައުލަތްތަކުން "އޭޝިއާގައި ފިނި ހަނގުރާމައެއް ނުވަތަ ހޫނު ހަނގުރާމައެއް ހިންގުމުގެ ހުއްދައެއް ނުދޭނެ" ވެންބިން ވިދާޅުވިއެވެ.

އެމެރިކާގެ ނަން ވިދާޅުނުވެ ވެންބިން ވިދާޅުވީ "ބައެއް ގައުމުތަކުން" އޭޝިޔާގެ ބައެއް ގައުމުތަކަށް ވިސްނައިދެމުން އަންނީ ނޭޓޯ އޭޝިޔާއަށް ވައްދަން ޖެހޭ ވިސްނުން ކަމަށެވެ. "ވިޔަފާރީގައި ކުރިއަށް ދެވޭ ވަރަށް އޭޝިޔާގެ ގައުމުތަކުގައި މިނިވަންކަން އެބައޮތް. ދުނިޔޭގެ އެހެން ހުރިހާ ބައްރަކަށްވުރެ ބޮޑަށް އިގްތިސާދީ ގޮތުން ކުރިއަށް ދިޔުމުގެ ފުރުސަތު އޮތީ އޭޝިޔާގައި. އޭޝިޔާގެ ގައުމުތަކުން އެކަން ހަނދާނުގައި ބަހައްޓާނެ" މިހާރު އޮންޑޮނޭޝިޔާގައި ކުރިއަށްދާ އިންޓަނޭޝަނަލް ސެކިއުރިޓީ ކޮންފަރެންސްގައި ވެންބިން ވިދާޅުވިއެވެ.