ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފޮނުއްވި ސިޓީއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ. ރިފްއަތު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން މިމައްސަލާގައި އިހުމާލުވެފައިވާ ކަމަށެވެ.
ބަންޑާރަނާއިބު އިބްރާހީމް ރިއްފަތު މިހެން ވިދާޅުވީ ރާއްޖޭގެ ކަނޑުން ބޮޑު ބައެއް ގެއްލުނު މައްސަލާގައި ރިއްފަތުގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހެޅި މައްސަލާގައި މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. މިމަޖިލީހުގައި ބަންޑާރަނައިބު ވިދާޅުވީ މިމައްސަލައިގައި، ކުރީ ސަރުކާރުތަކުންނާއި ބަންޑާރަ ނައިބުން ނޭނގި ނަމަވެސް ބޮޑުތަނުން އިހުމާލުވެފައިވާ ކަމަށެވެ. އެހެނީ ދެކުނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ މައްސަލައަކީ ޒަމާންވީ މައްސަލައެއް ކަމަށެވެ، އެހެންކަމަށްވުމާއެކުވެސް، 1992 ވަނަ އަހަރުން ފެށިގެން، ކުރީގެ އެއްވެސް ސަރުކާރަކުން ދިވެހިންގެ ހައްގުގައި، މި ހައްސާސް މައްސަލައަށް ގޮތެއް ނިންމަން ނުކެރުނު ކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.
"
ރައީސް ސާލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިކަމަށް ބުނާ ސިޓީގެ މައްސަލައިގައި، އެސިޓީއާ ގުޅުވައި ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ދިވެހި ދައުލަތުން ކޮޅު ބަދަލު ކުރީ ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ރިފްއަތު ވަނީ ވިދާޅުވެފައެވެ. އަދި އެސިޓީއަކީ ދެކުނުގެ އީއީޒެޑްގެ މައްސަލައިގެ މައުޟޫއާ އެއްވެސް ގުޅުމެއް ނެތް މައްސަލައެއް ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއައި ޗާގޮސް މައްސަލައާ އެއްވެސް ގުޅުމެއް ނެތްކަމަށް ރިއްފަތު ވިދާޅުވެފައިވި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ، ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ އަސާސެއްކަމަށް ބަލައިގެން، އިޓްލޮސްއިން މައްސަލަ ނިންމާފައިވާކަމަށެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލިހުގެ ރުހުން ނެތި ރައީސަށް، އެސިޓީ މޮރިޝަސްގެ ބޮޑުވަޒީރަށް ނުފޮނުއްވޭނެ ކަމަށް ވެސް އިދިކޮޅު ފަރާތަކުން ބުނަމުންދެ އެވެ.
ރާއްޖެއިން މައްސަލަ ނިންމައިދިނުމަށް އެދުނު ގޮތަށް އިޓްލޮސްގެ ނިންމުމާއެކު ފުށުއަރާ ސަރަހައްދުން ރާއްޖެ އަށް 47،232 އަކަ ކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.
ކުރީ ސަރުކާރުތަކުގައެއް ނޫނެއްނޫން މިހެން ދިމާވީއެއް. ކޮންމެ ނުބައި ކަމެއްގައިވެސް ކުރީސަރުކާރޭ ކިޔަނީ