އީޓުކުރިއަކީ ކޮބާ؟
މޯލްޑިވްސް ޕްސްޓް ލިމިޓެޑުގެ އީ-ޓުކުރި ދަންނަމު ހެއްޔެވެ؟ އެއީ އާންމު ދިރިއުޅުމުގައި ބޭނުންވާ ހުރިހާ މުދަލެއް އެއް ތަނަކުން އޮންލައިންކޮށް ހޯދުމަށް ފަރުމާކޮށްފައިވާ ވިޔަފާރި ޕްލެޓްފޯމެކެވެ.
ރާއްޖޭގެ ކުޅަދާނަ ފަންނުވެރިންގެ އުފެއްދުންތަކާއި، ބަދިގެ ސާމާނާއި، އަންނައުނާއި ރީތިވާ ސަމާނުގެ އިތުރުން މޯބައިލް ފޯނާއި އެކްސެސަރީސް އީ-ޓުކުރި މެދުވެރިކޮށް ލިބޭނެއެވެ. އޭގެ އިތުރުން މާލޭގެ މަޝްހޫރު ފިހާރަތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮންލައިންކޮށް ހިންގާ މަޝްހޫރި ޝޮޕް ތަކުން ވިއްކާ މުދާ ވެސް މި ޕްލެޓް ފޯމު މެދުވެރިކޮށް ލިބޭނެއެވެ.
އީޓުކުރީގައި ބައިވެރިވުމުން ލިބެނީ ކޮންފައިދާއެއް؟
އީޓުކުރި ލޯކަލް ޕްލެޓްފޯމްގައި ބައިވެރިވުމުން ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މިޕްލެޓް ފޯމް މެދުވެރިކޮށް މުދާ ފޮނުވޭނެއެވެ. އީޓުކުރީގައި މިހާރު ރަޖިސްޓްރީވެފައިހުރި ގިނަ ވިޔަފާރިތަކަކީ، މާލޭގައި ހިންގާ ވިޔަފާރިތަކެވެ. އެހެންނަމަވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ވިޔަފާރިތަކަށްވެސް މި ޕްލެޓް ފޯމުގައި ރަޖިސްޓްރީވެވޭނެއެވެ. އަދި މިޕްލެޓްފޯމްގައި ބައިވެރިވުމަށް އެއްވެސް އަގެއް ދައްކަން ނުޖެހޭނެއެވެ.
ރާއްޖޭގެ ކޮންމެ ތަނަކަށް ވެސް ގެންގޮސްދޭނެތަ؟
ފިހާރަތަކުން ވިއްކާ މުދާ އަޅާކިޔުމަށްފަހު ކަސްޓަމަރުން ބޭނުންވާ އެންމެ ރަނގަޅު މުދާ އީ-ޓުކުރި މެދުވެރިކޮށް ގަނެލެވޭނެއެވެ. އީ-ޓުކުރި މެދުވެރިކޮށް ގަންނަ މުދާ ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް ތިން ދުވަސް ނޫނީ ފަސް ދުވަސްތެރޭގައި ފޯރުކޮށްދެވޭނެއެވެ. އަދި މާލެސިޓީ، ހުޅުމާލެ، ވިލިގިލި ނަމަ އީ-ޓުކުރިން ގަންނަ މުދާ އެ ދުވަހުން އެދުވަހަށް ފޮނުވައިލެވޭނެއެވެ.
އީ-ޓުކުރިންލިބޭ އިތުރު ފަސޭހަތަކަށް ބަލާއިރު އީ-ޓުކުރިން ގަންނަ މުދަލަށް ބީ.އެމް.އެލް ގޭޓްވޭ އިން ފައިސާ ދައްކާލެވޭނެއެވެ. މުދާ ގަންނަ ހިސާބުން އެ މުދާ ޑެލިވަރީކޮށްދިނުމާ ހަމައަށް ކަސްޓަމަރުންނަށް މުދާ ޓްރެކް ކުރެވުމަކީ ކަސްޓަމަރުންނަށް ލިބޭ އިތުރު ހިތްހަމަ ޖެހުމެކެވެ.
އީޓުކުރި ޚާއްސަވަނީ؟
އީޓުކުރި ލޯކަލް ޕްލެޓްފޯމަކީ ރަޖިސްޓްރީކޮށްފައިވާ ކޯޕަރޭޓިވްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފައްދާ ނުވަތަ ވިއްކާ މުދާ ރާއްޖޭގެ އެކިހިސާބުތަކަށް ގެންގޮސްދިނުމުގެ މަސައްކަތް ކޮށްދީ މާކެޓްކުރާ ޕްލެޓްފޯމެކެވެ. މި ޚިދުމަތުގެ ފަސޭހަކަމާއި ލުއިކަމާއެކު މިހާރުވެސް އެތައް ބަޔަކު ގެންދަނީ އީޓުކުރި މެދުވެރިކޮށް ޚިދުމަތް ހޯދަމުންނެވެ.
އުފެއްދީ ކޮންއިރަކު
އީޓުކުރި ލޯކަލް ޕްލެޓްފޯމް އުފެދުނީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ. މޯލްޑިވްސް ޕޯސްޓްގެ އީކޮމާސް ބްރޭންޑެއް ކަމުގައިވާ އީޓުކުރި އެންމެ ފުރަތަމަ އުފެދުނީ އިންޓަނޭޝަނަލް ސާވިސްއެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިހާރު އެ ޚިދުމަތް ވަނީ ރާއްޖެއަށް ވެސް ފުޅާކޮށް ފައްކާ ކޮށްފައެވެ.
އޮންލައިން ވިޔަފާރިކުރަން އީ-ޓުކުރި ރަނގަޅީކީއްވެ؟
ފަސޭހަ ގޮތް ފަސޭހަ އެވެ. ގޭގެ ސިޓިން ރޫމްގައި ހުރެގެން އޯޑަރު ކޮށްލުމުން އެއްޗެއް ގެއަށް ގެނެސްދޭނަމަ ކޮންމެހެން ފިހާރަ އަށް ގޮސް ކިޔޫގައި ޖެހުމުގެ ބޭނުމެއްނެތެވެ. ރަށުން ލިބެން ނުހުންނަ ވަރަށް ގިނަމުދާ މިހާރު އޮންލައިންކޮށް ގަނެވެސްލެވެއެވެ. މި ޒަމާނުގެ ޓްރެންޑަކީ ވެސް މިއެވެ. ކޮންމެހެން މުދާ ހުރި ތަނަކަށް ދާކަށް ނުޖެހެއެވެ. ދުނިޔޭގެ ތަރައްޤީ ވެފައިވާ ގައުމުތަކުގައި އޮންލައިން ވިޔަފާރީގެ މަޤުބޫލުކަން ބޮޑު ވެފައިވަނީ އެހެންވެއެވެ. ޒަމާނަށް އައި ބަދަލާއެކު ރާއްޖޭގައި ވެސް މި ޚިދުމަތް މިވަނީ ފުޅާވެފައެވެ.
ޚާއްސަކޮށް ކޮވިޑް 19 އާގުޅިގެން އައި ފުރަބަންދާ އެކު އޮންލައިން ވިޔަފާރިޔަށް މިވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އަދި މިއާއެކު ވަރަށް ގިނަ ވިޔަފާރިތައް މިވަނީ އޮންލައިންވެފައެވެ. އެގޮތުން ރާއްޖޭގައި މިހާރު މިޚިދުމަތް އެންމެ އިތުބާރާއި ފުރިހަމަ ކަމާއެކުދޭ އެއް ބަޔަކީ ޕޯސްޓް އޮފީހުގެ އީ-ޓުކުރިއެވެ. ޕޯސްޓްގެ ''އީ ޓުކުރި'' ގެ ޚިދްމަތްވަނީ ކަސްޓަމަރުންގެ އިތުބާރާއި ޔަޤީންކަން ކަށަވަރު ކޮށްފައެވެ.
"އީ-ޓުކުރި" ފަދަ އީ-ކޮމާސްގެ ޚިދުމަތެއްގެ ބޭނުން ބޮޑު ވަނީ ކީއްވެ؟
މިފަދަ ޚިދުމަތެއްގެ ބޭނުން އެންމެބޮޑަށް ޖެހޭނީ ފުރަބަންދެއް ކަހަލަ ކަމެއް ދިމާވުމުންނެވެ. ރާއްޖޭގައި ކޮވިޑުގެ ވަބާ ފެތުރި އެބަލީގެ ނުރައްކާތެރިކަން އެންމެ ބޮޑުވެގެންދިޔަ ދުވަސްވަރު މިޚިދުމތުގެ މުހިންމު ކަމާއި ބޮޑުކަން ރައްޔިތުން ދެނެގެންފިއެވެ. އެދުވަސްވަރު އެއްތަނަކަށް އެއްވެވެން ނޯވެއެވެ. ނުރައްކާތެރިކަން ބޮޑުކަމުންނެވެ. ގައިދުރުކަން ބެހެއްޓުމަށް ސިއްޙީ މާހިރުން އެދުވަސްވަރު ދިޔައީ ކެނޑިނޭޅި ގޮވަމުންނެވެ. އެހެން ކަމުން އެފަދަ ޙާލަތުގައި ވިޔަފާރިކުރުމަށް ފިހާރައަކަށް ދިއުމުގެ ބަދަލުގައި އީ-ޓުކުރި މެދުވެރިކޮށް އެމީހާ ބޭނުންވާ އެއްޗެއް ރައްކާތެރިކަމާއެކު ގެއާ ހަމައަށް ގެނެވެއެވެ. ގެނެސްފައި އެބަހުއްޓެވެ. އެހެންކަމުން އީޓުކުރީގެ މުހިންމު ކަމާއި ފަސޭހަކަން މިހާރު މިއޮތީ އެނގި ފެންނާށެވެ.
އީޓުކުރީގެ އަމާޒަކީ ކޮބާ؟
އީޓުކުރީގެ އަމާޒަކީ ދިވެހި އުފެންދުންތައް ދުނިޔޭގެ ބާޒާރަށް ނެރުމެވެ.
މީގެ އިތުރުން ދުރު ނޫން މުސްތަޤްބަލެއްގައި އީޓޫކުރީގެ މޮބައިލް އެޕްލިކޭޝަން ލޯންޗުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތް ތަޢާރާފް ކުރުމުން ކަސްޓަމަރުންނަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެއެވެ. އިތުރު ލުއިތައް ލިބި ވަގުތު ސަލާމަތް ކުރެވޭނެއެވެ. އެހެންވީމާ އޮންލައިން ވިޔަފާރި ކުރުމަށް އީޓުކުރި ވަރެއްނެތެވެ.