ކްލަބުގެ ކުރިމަގު މަގު ބައްޓަން ކުރާނެ ގޮތާއިމެދު ޗެއާމަން ގެރީ ކާޑިނޭލްއާ ދެމެދު އުފެދުނު ހިޔާލްތަފާތުންތަކާ ހުރެ ޑިރެކްޓަރ ޕައުލޯ މަލްޑީނީ އޭސީ މިލާން ދޫކޮށްލައިފިއެވެ.

2008 ވަނަ އަހަރު ކުރިމަތިވި މާލީ މައްސަލަތަކުން އަރައިގަތުމަށާއި ޓީމް އަލުން ކޮޅަށް ޖެހުމަށް ފާއިތުވެދިޔަ ދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރި މަލްޑީނީއަކީ މިލާނުގެ ތާރިހުގައި އެންމެ ގިނަ ދުވަހު ކެޕްޓަންކަން ކުރި ކުޅުންތެރިޔާއެވެ.

މަލްޑީނީ، މިލާން ދޫކޮށް ދިޔުމުން އެކްލަބުގެ ކުރިން ކުޅުންތެރިން ވަނީ ސޯޝިއަލް މީޑިޔާގައި މަލްޑީނީއަށް އޮތް އިހްތިރާމް ހާމަކޮށްފައެވެ. ޒުވާން ޓީމެއް ބިނާކޮށް 2021/2022 ސީޒަނުގެ އިޓާލިއަން ލީގް ޗެމްޕިއަންކަން މިލާނަށް ހޯދައި ދިނުމާއި މިސީޒަނުގެ ޗެމްޕިއަންންސް ލީގުގެ ސެމީފައިނަލަށް މިލާން ދަތުރު ކުރުމުން، މިލާނުގެ ރަން ދުވަސްތައް އެނބުރި އަންނަނީ ކަމަށް އެކްލަބުގެ ސަޕޯޓަރުން ގަބޫލް ކުރެއެވެ.

މަލްޑީނީގެ އިތުރުން ކޯ-ޑިރެކްޓަރ ރިކީ މައްސަރާވެސް ވަނީ ޗެއާމަންއާ ހިޔާލްތަފާތުވެ މިލާން ހިންގުމާއި އެއްފަރާތްވެފައެވެ.