(ސީއެންއެން): ހަފްތާ ބަންދުގައި ބޯކޮށް ވާރޭވެހި ހެއިޓީގެ އެތައް ހާސް ގެއެއްގައި ފެންބޮޑުވެ، 42 މީހުން މަރުވެ 85 މީހުން ޒަޚަމްވެފައިވާ ކަމަށް އެގައުމުގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފި އެވެ.

ގަދަ ވިއްސާރައިގެ ސަބަބުން މުޅި ހެއިޓީގެ ބައެއް ކޯރުތައް ފުރިފައިވާއިރު، އެކަމުގެ ސަބަބުން ފްލެޝް ފްލަޑްތަކާއި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ގޮސްފައިވާކަމަށް އދ.ގެ ރިޕޯޓްތައް ބުނެއެވެ.

މިހާދިސާގައި 13،300 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާއިރު، ހެއިޓިގެ 10 ޑިޕާޓްމަންޓުގެ ތެރެއިން ފަސް ޑިޕާޓްމަންޓެއް ކަމަށްވާ ހުޅަނގު، ނިޕެސް، އިރުމަތީ ދެކުނު، ހުޅަނގު އުތުރު އަދި މެދުތެރެއިން މަދުވެގެން 11 މީހަކު ގެއްލިފައިވާ ކަމަށް އިއުލާންކޮށްފައިވެ އެވެ.

"އަޅުގަނޑުގެ ސަރުކާރުން، ގައުމީ އަދި ބައިނަލްއަގްވާމީ މުއައްސަސާތަކާ ގުޅިގެން، މިވަގުތަށް އެންމެ ބޭނުންވާ ކަންތައްތައް ފުއްދުމަށްޓަކައި އަވަސް ފިޔަވަޅުތައް އަޅަމުން މިދަނީ،" ހޭޓިއަންގެ ބޮޑުވަޒީރު އެރިއެލް ހެންރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.