މިއަދު އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓުން، ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަޖިލީސް ރައީސްކަމުގެ މަގާމުން ވަކިކުރަން ފާސްކޮށްފިއެވެ. އަދި މިހާރު އެމައްސަލައިގެ ޕެޓިޝަނުގައި ސޮއިކުރުމަށް ވަނީ ފަށާފައެވެ.
މިހާތަނަށް މިޕެޓިޝަނުގައި 46މެންބަރުން ވަނީ ސޮއިކޮށްފައެވެ. އަދިވެސް އިތުރަށް މެންބަރުން ޕެޓިޝަނުގައި ސޮއި ކުރައްވާނެކަމަށް އެމްޑީޕީއިން ޔަގީންކުރެއެވެ. 44 މެންބަރުންގެ ސޮއި ހަމަވުމާއެކު ނަޝީދުގެ މައްސަލަ މަޖިލީހަށް ވައްދަން ނިންމާފައިވީ ނަމަވެސް 50އަށްވުރެ ގިނަ މެންބަރުންގެ ސޮޔާއެކު ވެއްދުމަށް އުންމީދުކުރައްވާކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުގައި 22 މެންބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ 56 މެންބަރުން ތިއްބެވިިރު ޖުމްލަ 87 މެންބަރުން ތިއްބަވާއިރު 44މެންބަރުންގެ ވޯޓާއެކު އިތުބާރުނެތްކަމުހެ މައްސަލަ ފާސްވާނެއެވެ
އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 56 މެމްބަރުން މަޖިލީހުގައި ތިއްބަވައެވެ. މަޖިލީހުގައި ޖުމްލަ 87 މެންބަރުން ތިއްބަވާ އިރު، 44 މެންބަރުންގެ ވޯޓާއެކު އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނެއެވެ.