ސަރުކާރުން މި އަހަރު ނިންމާލީ ހުސްވާހަކަދެއްކުމުގައި ކަމަށް ވިދާޅުވެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަހަރެއް ނިންމާލީ ސަރުކާރުން ހުސް ވާހަކަ ދެއްކުމުގައި ކަމަށާއި އެންމެން ހާލުގައި ޖެހިފައިވާ ކަމަށެވެ.

މަސްވެރިންނަށްވީ ވަޢުދު ފުއްދަން ދެކޮޅު. ހުޅުމާލޭގައި އެންމެ ގާކޮޅެއްވެސް އަލަށް ނުބޭއްވޭ. މުޅި ސަރުކާރުގެ ކުންފުނިތައް ބަވަނަވީ ކޮރަޕްޝަނުން. 5 އަހަރުގެ ވެރިކަން ކުރެއްވި ވެރިއަކު ޖަލުގައި ބޮޑު ދެ މުޖްރިމުން ގޭގައި
ޖަމީލް

އަދި އެސެޓް ރިކަވަރީގެ ނަމުގައި ހެދި ކޮމިޝަނަށް އަދިވެސް އެއްވެސް އެސެޓެއް ރިކަވައެއް ނުކުރެވޭ ކަމަށާއި އެއްވެސް މަރަކަށް އިންޞާފެއް ވެސް ލިބިފައި ނުވާ ކަމަށް ޖަމީލު ވިދާޅުވިއެވެ. އެގޮތުން ރީތި ނަމުގެ ބަދަލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނެންގެވެން އޮތީ ހުސް "ބްލޭމް" ކަމަށް ޖަމީލު ވިދާޅުވިއެވެ.