ހުޅުމާލެ ދެވަނަ ފިޔަވައްސާ ދިމާލު ކަނޑުމަތީން މަރުވެފައި އޮތްވަައި ފެނިފައިވާ މީހާ ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެއީ ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ މީހެއް ކަމަށެވެ.

އެމީހާގެ ހަށިގަނޑު ފެނިފައިވަނީ މިހަފްތާގެ އަންގާރަ ދުވަހު ހަވީރުގެ ވަގުތެއްގައި ހުޅުމާލޭ ފޭސްދޭއްގެ ހިޔާ ފުލެޓުތަކުގެ ތެރެއިން އެޗް 16 ޓަވަރާ ދިމާލުން ކަނޑުމަތިން ފެނުނު މަރުވެފައި އޮތް މީހާގެ ހަށިގަނޑަކީ ރާއްޖޭގައި މަސައްކަތްކުރާ ޗައިނާގެ މީހެއްގެ ހަށިގަނޑު ކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ ފުލުހުން ބުނީ މިހަށިގަނޑާ ބެހޭ ގޮތުން އިއްޔެ ހަވީރާހަމައަށް ބެލިބެލުމުން އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާކަމަށާއި، ބޮޑަށް ލަފާ ކުރެވޭ ގޮތުގައި އެއީ ބިދޭސީމީހެއްގެ ހަށިގަނޑު ކަމަށެވެ. އަދި އެމީހަކީ ކާކުތޯ ދެނެގަތުމަށް އާންމުންގެ އެހީއަށްވެސް އެދިފައެވެ.ހަށިގަނޑު ފެނުނުއިރު އޮތީ ގިރުވާނުލީ އަތްކުރު ކަޅުލުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް އަދި ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ކަމަށް ފުލުހުން ވަނީ ބަޔާން ކޮށްފައެެވެ.