މިންސްކް، ޖޫން 8. /ޓާސް/. މައްސަލަ ހައްލުކުރަން ޔޫކްރޭންއިން ރަޝިޔާއާއެކު އެއްބަސްވުމަކަށް ދިޔަ ކަމަށާއި އެކަމަކު އެމެރިކާގެ ޕްރެޝަރުގެ ސަބަބުން އެއްބަސްވުމުގައި ޔޫކްރައިން ފުރަގަސްދިނީ ކަމަށް ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ ނިކޮލައި ޕަޓްރޫޝެވް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
"ޔޫކްރައިނުގެ ލީޑަރުން ތިބީ އަމިއްލައަށް ޕްރޮޕޯޒަލް ތައްޔާރުކޮށްގެން ރަޝިޔާ ކައިރިއަށް އައިސް ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރަން ތައްޔާރަށް. އެކަމަކު އެމެރިކާއިން ޔޫކްރައިނުގެ ވެރިކަމަށް އައްޔަން ކޮށްފައިވާ މީހާ (ރައީސް ޒެލެންސްކީ) އެމެރިކާގެ ޕްރެޝަރާހެދި އެކަމަށް ފުރަގަސްދިނީ" ތުރުކީގެ އިސްތަންބޫލްގައި މިއަހަރުގެ މާރިޗް މަހު ޔޫކްރައިނާއި ރަޝިޔާއާ ދެމެދު ކުރިއަށް ގެންދެވުނު މަޝްވަރާތަކަށް އިޝާރާތް ކުރައްވައި ޕަޓްރޫޝެވް ވިދާޅުވިއެވެ.
"ހެނދުނު އެމީހުން [ޔޫކްރޭންގެ ވަފުދުގެ މެމްބަރުން] އަޅުގަނޑުމެންނަށް [އެ ހުށަހެޅުންތައް] މުއާމަލާތްތަކުގެ ތެރޭގައި ދީފައި، ހަވީރު ބުނީ 'ނޫން، އަޅުގަނޑުމެން އެކަންކަން ދޫކޮށްލަން" ޔޫކްރައިން ވަފުދުގެ މެމްބަރުން ކަންތައް ކުރެއްވި ގޮތް މީޑިޔާއަށް ތިލަކޮށްދެއްވަމުން ޕަޓްރޫޝެވް ވިދާޅުވިއެވެ.
"މިކަން ދިމާވީ ހަމައެކަނި އެމެރިކާއިން އެމީހުންނަށް ޕްރެޝަރުކޮށް، އެއްވެސް މަޝްވަރާއެއް ބާއްވަން ނުޖެހޭނެ ކަމަށް އެމެރިކާއިން ޔޫކްރައިނަށް އެންގުމުން" ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީކަން ކުރައްވަމުން އަންނަ ޕަޓްރޫޝެވް ފާހަގަކުރެއްވި އެވެ.
ޕަޓްރޫޝެވް ތުހުމަތު ކުރެއްވި ގޮތުގައި ރަޝިޔާ އާއި ޔޫކްރައިނާ ދެމެދު ހިނގަމުން އަންނަ ހަމަނުޖެހުންތަކަކީ އެމެރިކާ އާއި އިނގިރޭސިން ވަރަށް ގަޔާވާ ކަމެކެވެ.