ސެޕްޓަމްބަރ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ރަށްވެހި ނޫން ރަށެއްގައި ވޯޓު ލާނަމަ އޮންލައިންކޮށް ރަޖިސްޓްރީ ވުމަށް ހުޅުވާލައިފިއެވެ. އިލެކްޝަން ކޮމިޝަން ގަވައިދުގައި، ރިޔާސީ އިންތިހާބުގައި ރަށް ވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެހެން ތަނެއްގައި ތިބޭ މީހުން ވޯޓު ލުމަށްޓަކައި އޮންލައިންކޮށް ރަޖިސްޓްރީ ވެވޭނެހެން ހަމަޖެހިފައެވެ.

މިއީ ރާއްޖޭގައި ރި-ރަޖިސްޓްރޭޝަން އޮންލައިންކޮށް ގެންދާ އެންމެ ފުރަތަމަ ފަހަރެވެެ. އަދި މިހާރު ކުރިއަށްދާ ބައި އިލެކްޝަންތަކުގައި ވެސް އޮންލައިންކޮށް ރީ-ރަޖިސްޓްރޭޝަން ހުށަހެޅެވެ. މީގެ އިތުރުން ގަވައިދުގައިވަނީ ރީ-ރަޖިސްޓްރޭޝަނަށް އެދޭ ފޯމު އިލެކްޝަން ކޮމިޝަނުން ދީފައިވާ ތާރީހު ތެރޭގައި އެ ފޯމު ހުށަހަޅަން ވާ ތަނަށް ހުށަހެޅުމަށެވެ.

އަދި " ކޮމިޝަނުން ކަނޑައަޅާ ނިޒާމު" ގެ ތެރެއިންވެސް ރީ-ރަޖިސްޓްރޭޝަން ފޯމު ހުށަހެޅޭނެއެވެ. ވޯޓުލުން އޮންނަ ދުވަހ،ު އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެހެން ތަނެއްގައި ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނަށް އަންގައިދީ ރަޖިސްޓަރީ ކުރުމަށްފަހ،ު އެ ތަން ފިޔަވައި އެހެން ތަނެއްގައި އެ މީހަކަށް ވޯޓެއް ނުލެވޭނެ ކަމަށް ގަވައިދުގައިވެއެވެ.

ހަމައެއާއެކު ރީ-ރަޖިސްޓަރީ ކުރެވޭ ފަރާތްތަކުގެ ނަމާއ،ި ޖިންސާއ،ި ދާއިމީ އެޑްރެހާއ،ި އެ ފަރާތްތައް އަލުން ރަޖިސްޓަރީކުރެވޭ ތަން އެނގޭނެ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ވާނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ވެސް އެ މަޢުލޫމާތު ޝާއިޢު ކުރަންވާނެ ކަމަށް ގަވައިދުގައި ވެއެވެ. "ކޮމިޝަނުން ކަނޑައަޅާ ނިޒާމް" ކަމަށް އެ ގަވައިދުގައި ލިޔެފައި ވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ރީ-ރަޖިސްޓްރޭޝަން ހެދުމަށް ފުރުސަތު ހުޅުވާލައިފައެވެ.