ހއ. ހޯރަފުށީ އެއާޕޯޓު ތަރައްޤީކުރުމަށް އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްފި

2
ހޯރަފުށީ އެއާޕޯޓަކީ ނިމިދިޔަ ސަރުކާރުން އިއުލާންކޮށް ފަށާފައިވާ މަޝްރޫއެއް

ހއ. ހޯރަފުށީގައި އަޅާ އެއާޕޯޓް ތަރަށްޤީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ހޯރަފުށީގައި އެއަރޕޯޓް އެޅުމަށް އެމްޓީސީސީ އާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރަ އައިޝަތު ނަހުލާއާއި، އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.

ހޯރަފުއްޓަކީ މިނިސްޓަރ އައިޝަތު ނަހުލާގެ އުފަން ރަށެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، އޭނާގެ އުފަން ރަށަށް ހަގީގީ ޚިދުމަތެއް ކޮށްދެއްވުނު ކަމުގެ އިހުސާސް ކުރެވިއްޖެ ކަމަށެވެ.

Advertisement

ހޯރަފުށީގައި އެއަރޕޯޓް އެޅުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯރަފުށީ އެއާޕޯޓް އަޅުމުގެ މަސައްކަތް ފުރަތަމަ ފެށީ ހއ. މާފިނޮޅުގައެވެ. އޭރު ހޯރަފުށީ އެއަރޕޯޓް އެޅުމަށް ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ މާފިނޮޅުގައި އެ އެއަރޕޯޓް އެޅުމަށް އެސަރަހައްދު ހިއްކުމަށް އެމްޓީސީސީގެ މަހާޖައްރާފާއި އެކު އެމަސައްްކަތަށް ބޭނުންވާ ސާމާނުވެސް އެސަރަހައްދަށް ގެންގޮސްފައިވާކަމަށެވެ.

މިއަދު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝާހު ވިދާޅުވީ އެއާޕޯޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ސާމާނު ކުރިއަށް އޮތް ދެ ތިން ދުވަސް ތެރޭގައި ހޯރަފުށްޓަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

Advertisements

2 COMMENTS

  1. ކޮޔާމެން އަހަރުމެން ހައްދަނީ ދޯ. ކުލަ ހުވެފެން ދެއްކުން ހުއްޓާލަން ވީއެއްނޫން ދޯ

Comments are closed.