މޮސްކޯ، ޖޫން 11. /ޓާސް/. ކަޅު ކަނޑުގެ އިރުދެކުނު ބައިގައި ހުރި ތުރުކީ ސްޓްރީމް އަދި ބްލޫ ސްޓްރީމް ގޭސް ހޮޅިތައް ހިމާޔަތް ކުރުމަށް ހަރަކާތްތެރިވާ ރަޝޔާގެ ކަޅު ކަނޑުގެ ފްލީޓްގެ ބޯޓު ޕްރިއަޒޯވީއަށް ހަމަލާދިނުމަށް ޔޫކްރައިނުން ކުރި މަސައްކަތް ނާކާމިޔާބު ކޮށްލެވިއްޖެ ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

"މިއަދު (އިއްޔެ) މޮސްކޯ ގަޑިން ގާތްގަނޑަކަށް މެންދުރު 1:30 ހާއިރު ޔޫކްރޭންގެ ހަތިޔާރު އެޅި ފޯމޭޝަންތަކުން ބްލެކް ސީ ފްލީޓްގެ ބޯޓު ޕްރިއާޒޯވީއަށް ހަމަލާދިނުމަށް ބާރު ސްޕީޑްގައި ދުއްވާ ކަނޑުމަތީގެ 6 އުޅަނދަކުން ކުރި މަސައްކަތް ނާކާމިޔާބު ކޮށްލެވިއްޖެ. މިހުރިހާ އުޅަނދުތަކެއް ވަނީ ސެވަސްޓޮޕޯލްގެ އިރުދެކުނު 300 ކިލޯމީޓަރު ދުރުގައި ރަޝިޔާގެ ކަނޑުގެ ސިފައިން ހަމަލާދީ ނައްތާލާފައި،" ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

"އެއްވެސް މީހަކަށް އަދި ބޯޓަކަށްވެސް ގެއްލުމެއް ނުލިބޭ. ޕްރިއާޒޯވީ މިހާރުވެސް ގެންދަނީ ކަޅު ކަނޑުގައިވާ ރަޝިޔާގެ ގޭސް ހޮޅިތައް ހިމާޔަތް ކުރުމުގެ މިޝަންގައި ފުރިހަމައަށް ބައިވެރިވަމުން" ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ ޔޫކްރައިނުން ރަޝިޔާގެ މަނަވަރަށް ހަމަލާ ދޭން މަސައްކަތް ކުރިއިރު، އެމެރިކާގެ އާރުކިޔު-4ބީ ގްލޯބަލް ހޯކް ސްޓްރެޓެޖިކް ރިމޯޓް ޕައިލެޓް ސަވައިލެންސް މަތިންދާބޯޓެއް އެސަރަހައްދުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކޮށްފައެވެ.