އަޟްހާ ޢީދުގެ ޚާއްސަ ޕްރޮމޯގެ ދަށުން ހެޕީ މާކެޓުން މިއްކާ ކުކުޅާއި ސޮސެޖުގެ އަގުހެޔޮ ކޮށްފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން އަގު ހެޔޮ ކޮށްފައިވަނީ އެ ކުންފުނީގެ ފިހާރަތަކުން ވިއްކާ 'ސިއަރާ' ބްރޭންޑުގެ ބޯންލެސް ޗިކަން، ކުކުޅު ފައި އަދި 'ފްރެންގަސޯލް' ބްރޭންޑުގެ ސޮސެޖެވެ. ހެޕީމާކެޓުން ބުނީ މި މަސް ނިމެންދެން މި ޕްރޮމޯޝަން ކުރިޔައް ދާނެކަމަށެވެ.

މީގެއިތުރުން ބުނީ ކަސްޓަމަރުންގެ ޑިމާންޑު ބޮޑު މި ބްރޭންޑުތަކުގެ އުފެއްދުންތައް އީދާ ދިމާކޮށް ހެޔޮ އަގުގައި ވިއްކަން ނިންމީ އީދު ބަންދުގައި އާންމުކޮށް ހުރިހާ ރަށެއްގައި ވެސް ބޮޑެތި ކެއްކުންތައް ކައްކައި ބާބަކިޔު ފަދަ ހަރަކާތްތައް ހިންގާނެތީ، ހެޔޮއަގުގައި މި އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ހެޕީމާކެޓުގެ ފިހާރަތައް މާލޭގެ އިތުރުން ހުޅުމާލެއާއި، ވިލިނގިއްޔާއި އައްޑޫ، ކުޅުދުއްފުށި އަދި ތިނަދޫގައި ވަނީ ގާއިމްކޮށްފައެވެ.