ޕުލާސްޓިކް ކޮތަޅުން ނަގަންފެށި ފީ އާއެކު މިދިޔަ މަހުގައި އާމްދަނީއެއްގެ ގޮތުގައި ދައުލަތަށް ޖުމްލަ 1.7 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މި ބަދަލު ގެނެސްފައިވަނީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން، ކޮންމެ ކޮތަޅަކުން 2ރުފިޔާގެ ފީއެއް ނަގާ ގޮތަށެވެ.

މީރާއިން މިދިޔަ މަހުގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އޭޕްރިލް 18 އިން ފެށިގެން މި މަހުގެ ނިޔަލަށް 1.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެއިތުރުން ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 30.4 އިންސައްތަ މިި އަހަރުގައި އިތުރެވެ.އަދި މިއީ މިދިޔަ މަހުގެ އާމްދަނީއަށް ބަލާއިރު 1.8 އިންސައްތަ އިތުރު އަދަދެކެވެ.މިދިޔަ މަހުގެ އާމްދަނީ އިތުރުވީ ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް އާއި ފީތަކުން ލިބުނު އާމްދަނީ އިތުރު ވުމުންނެވެ. ހަމައެހެންމެ އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ ނުވަތަ މުދަލާއި ހިދުމަތުން ނަގާ ޓެކުހުންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.