މަޝްހޫރު ވިޔަފާރި ކުންފުނި ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ދުއިސައްތަ އެމްއެލްގެ ހެޕީޑޭ ޖޫހަކީ ސްކޫލް ކުދީންގެ އިންޓަރވަލްއަށް ވަރަށް އެކަށީގެންވާ ޖޫހެކެވެ.

މީގެ ހަތަރު ވައްތަރެއްގެ ޖޫސް ހެޕީމާކެޓުން އެތެރެކޮށް ވިއްކައެވެ. އެއީ އާފަލު، އޮރެންޖު، އަލަނާސި، ރެޑު މަލްޓިވިޓަމިންއެވެ.

"މިއީ ސްކޫލް އިންޓަރވަލް އަށް އެންމެ އެކަށީގެންވާ ސައިޒު ކަަމަށް ފާހަގަވެފައިވަނީ" ހެޕީމާކެޓުން ބުންޏެވެ. މިއީ ކަރުދާސް ހޮޅިއާއެކު ވިއްކާ ޖޫސްޕެކެޓެކެވެ.

މި ޖޫހަކީ ކުދީން ގަޔާވާ އަނގަޔަށް މީރު، އަދި ބެލެނިވެރީންގެ އިތުބާރުވެސް ލިބިފައިވާ ޖޫހެކެވެ.

ހެޕީމާކެޓަކީ މިފަދަ ބުއިންތަކާއި ފިނިކުރި ކާނާގެ ބާވައްތައް ރާއްޖެއަށް އެތެރެކޮށް ވިއްކާ ކާމިޔާބު ކުންފުންޏެކެވެ.

ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ބައެއް ތަކެތީގެ ތެރޭގައި ހެޕީޑޭ ޖޫހުގެ ތަފާތު ސައިޒުގެ އިތުރުން ޕާސްތާއި، ޕްރާޓޯސްގެ ބޭކަރީ ސާމާނާއި، އޯލްޑަންބަރގަރ ކިރާއި، އެބުރޭންޑުގެ ބަޓަރާއި، ބެގަރ ޗީޒާއި، ކްރީމް ޗީޒާއި، ކޮމެލީ އައިސްކްރީމް ޕައުޑަރ، ސައުތު އެފްރިކާގެ މަޝްހޫރު ކަލިސްޓޯސް ޕެރީ ޕެރީ ސޯސް، ޗެންޓީޕެކް ވިޕިން ކްރީމާއި، ޑެނޯން އަލްޓްރާ ޔާގަޓާއި، ރައުހު ޖޫހާއި، އަދިވެސް އިތުރު ވައްތަރުގެ ސާމާނު ހިމެނެއެވެ.

އެކުންފުނިން މަސައްކަތްކުރަނީ ކުރިއަށްއޮތްތާގައި ވެސް މިހާރަށްވުރެ ވެސް ރަނގަޅަށް ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ. އެކުންފުންޏަކީ ފިނިކުރި ކާބޯތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ރާއްޖޭގައި ކުރަން ފެށި ފުރަތަމަ ކުންފުންޏެވެ.